އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބުދުﷲ
އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބުދުﷲ
ރައްޔިތުންގެ ދުލުގައި ތަޅު ނޭޅުވޭނެ ކަމަށާއި، ސޯޝަލް މީޑިޔާގައި ލިޔުން ނުހުއްޓުވޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވެފައިވާއިރު، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ވަނީރެގިއުލޭޝަން ބިލުގެ ސަބަބުން މީސް މީޑިއާ ބޭނުން ކުރުމުގައި ޢާއްމުންނަށްވެސް ތަކްލީފްތަކެއް އުފުއްލަން ޖެހޭނެ ކަމަށް ޤާނޫނީ ފަންނުގެ ބައެއް މާހިރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އެކަންކަމަށް އަލިއަޅުއްވާ ލައްވަމުން އިމްރާން ވިދާޅުވެފައިވަނީ، ރައީސް މުއިއްޒު ކިތަންމެ ބޭނުންފުޅުވިޔަސް ރައްޔިތުންގެ ދުލުގައި ތަޅު ނޭޅުވޭނެ ކަމަށާއި ސޯޝަލް މީޑިޔާގައި ލިޔުން ނުހުއްޓުވޭނެ ކަމަށެވެ.

“އަބަދު ބޮޑެތި ދޮގުހައްދަވަންޏާ ކއޒބ ކިޔާނެ، ބޮޑެތި ވައްކަން ކުރަންޏާ އެވާހަކަވެސް ދައްކާނެ. ރައްޔިތުން އެވާހަކަ ދައްކަން ބޭނުންފުޅު ނުވާނަމަ އެކަން ކަން ހުއްޓާލައްވާ ތައުބާވެ ވަޑައިގަންނަވާ.” އިމްރާން ވިދާޅުވެފައިވެއެވެ.

އިމްރާން މިހެން ވިދާޅުވެފައިވާއިރު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު މަޖިލީހުން ފާސްވި ނަމަވެސް މީސް މީޑިއާ އެކައުންޓްތައް ބަންދު ނުވާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާޙް ވަނީ ވިދާޅުވެފައެވެ.

އެގޮތުން ފަލާޙް ވިދާޅުވެފައި ވަނީ، މީޑިއާ ބިލުގައި ސޯޝަލް މީޑިއާތައް ރެގިއުލޭޓްކޮށް، ފޭސްބުކް، ޓިކްޓޮކް އަދި ޓްވިޓަރ ފަދަ އެކައުންޓްތައް ބަންދުކުރެވޭނެ އެއްވެސް މާއްދާއެއް ހިމެނިފައެއް ނުވާ ކަމަށެވެ. އަދި ރައްޔިތުން މީސްމީޑިއާ ބޭނުން ކުރުމަށް ހިތްވަރު ދެއްވާ ކަމަށްވެސް ފަލާޙް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު