ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް
ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް
ޒުވާނުން ހައްލަން ދެވަނަ ފަހަރަށް ލޯނު ދޭން ރައީސް ޑރ. މުއިއްޒު ނިންމެވުމުން އެކަމާ ޙައިރާން ވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

އައްބާސް މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަކޮށްގެން ލުއި ލޯނު ދިނުމުގެ ސްކީމެއް ކުރިޔަށް އޮތް ދެ ހަފްތާ ތެރޭގައި ހުޅުވާލަން އަންގަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން މީސް މީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި އައްބާސް ވިދާޅުވީ، ކްރިއޭޓިވް އިކޮނޮމީ ފަންޑް އިފްތިތާހު ކޮށްފައިވަނީ 17 ސެޕްޓެމްބަރު 2024 ގައި ކަމަށާއި، އެފަންޑުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ފުރަތަމަ ހުޅުވާލީ 10 އޮކްޓޫބަރު 2024 ގައި ކަމަށެވެ.

އަދި ފަންޑު އިފްތިތާޙް ކުރިތާ އަހަރަކަށްވުރެ ގިނަ ދުވަސް ވީއިރުވެސް އެއްވެސް ފަރާތަކަށް ފައިސާ ނުދީ އަލުން ލޯނު ދޭނެކަމަށް އިޢުލާން ކުރުމުން އައްބާސް ވަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަށްވާފައެވެ.

“ބަޔަކު އަޅެ ހައިރާން ނުވާނެ.. ދިވެހި ޒުވާނުން ހަމަ އެހާ ގަމާރު ވާނެތޯ؟” އައްބާސް ސުވާލު އުފައްދަވާފައިވެއެވެ.



އައްބާސް މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަކޮށްގެން ލުއިލޯނު ދިނުމުގެ ސްކީމެއް ޤާއިމު ކުރުމަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

މި ސްކީމްގެ ސަބަބުން ކޮންޓެންޓް ކްރިއޭޝަންގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އިތުރު ހިތްވަރެއް ލިބި، އެ ދާއިރާ އިތުރަށް ކުރިއަރާނެ ކަމަށް އުންމީދު ކުރަށްވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު