ރައްޔިތުންގެ ޚިޔާލު ހޯދުމަށް އާންމު ވޯޓު ނެގުމާގުޅޭ ގަރާރު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާތާ 3 މަސް ދުވަހުގެ ތެރޭގައި އެ ވޯޓު ނަގަންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް މިދިޔަ ޖުލައި މަހުގެ 7 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ޢާންމުންގެ ޚިޔާލު ހޯދުމަށް ވޯޓު ނެގޭނީ ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމާއި، ޤައުމީ މުހިންމު މައްސަލަތަކާއި، ޤާނޫނުއަސާސީގެ ބައެއް މާއްދާތަކަށް ބަދަލު ގެނައުމަށެވެ.
އެގޮތުން ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމުގައި ޢާންމު ވޯޓަކަށް ދިއުމަށް ނިންމަވާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި ޤައުމީ މުހިންމު މައްސަލަތަކާ ގުޅިގެން ޢާންމު ވޯޓަކަށް ދިއުމަށް ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މި ބިލު ފާސްކޮށްފައިވަނީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން، ބިލު ދިރާސާކޮށް، ކޮމެޓީން ނިންމި ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރެއްވުމަށްފަހުއެވެ. އެގޮތުން، މި ބަހުސް އަށް ފަހު، ބިލަށް ތާއިދުކޮށް ބިލު ފާސްކުރުމަށް 64 މެމްބަރުން ވަނީ ތަޅުމުގައި ވޯޓު ދެއްވާފައެވެ. އަދި ބިލާއި ދެކޮޅަށް 12 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ބިލުގައި ބުނެފައިވަނީ، ވޯޓު ނެގުމަށް އެދި ހުށަހަޅާ ތާރީހާއި ވޯޓު ނަގާ ތާރީހާ ދެމެދު މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަސް ހޭދަވާން ޖެހޭނެ ކަމަށާއި، އުމުރުން 18 އަހަރުވެފައިވާ ކޮންމެ މީހަަކަށް ވެސް ބައިވެރިވެވޭ މި ވޯޓު ކުރިއަށް ގެންދަން ޖެހެނީ ސިއްރު ވޯޓެއްގެ ގޮތުގައި ކަމަށެވެ.
މި އިންތިޚާބުތަކުގެ ޚަރަދުތައް ހަމަޖައްސާނީ މާލިއްޔަތު ޤާނޫނުގެ ދަށުން ދައުލަތުގެ ކޮންސޮލިޑޭޓެޑް ރެވެނިއު ފަންޑުންކަމަށް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު