ޚިޔާލު ހޯދުމުގެ ބިލުގެ ބޭނުމަކީ މަޖިލިސް ބޭނުން ކޮށްގެން 2028 ވަގަށް ނެގުން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މީކާއީލް ވިދާޅުވީ ހިޔާލު ހޯދުމުގެ ބިލުން ފަހިވަނީ ރައްޔިތުންނަށް އެކަށީގެންވާ މައުލޫމާތު ފޯރުކޮށް ނުދީ، ޞައްޙަ ނޫން އިންތިޚާބު ތަކެއް ބޭއްވުމުގެ ފުރުސަތު ކަމަށެވެ.
އަދި މިހާރު ފެންނަނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮއްލުމުގެ ކުޅިވަރެއް ކަމަށާއި، އެކަމުގެ ހައިޖާނެއް ކަމަށް މީކާއީލް ވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިހާރުވެސް ތިބީ ކަސްތޮޅު އަޅުވާފައި ކަމަށާއި، އެ މެމްބަރުން ލައްވައި އަނެއްކާ ވެސް އަނެއް ގޯސް ހައްދަން އުޅޭ މަންޒަރު ފެންނަ ކަމަށް މީކާއީލް މިއަދު ވިދާޅުވިއެވެ.
“މިއީ ރެފަރަންޑަމްއާ ގުޅޭ ބިލެއް ނޫން. މިއީ ދޭހަސް އަށާވީހުގެ އިންތިޚާބު ރައީސް މުޢިއްޒު ވަގަން ނެންގެވުމަށް އަނެއްކާ ވެސް މި ރައްޔިތުންގެ މަޖިލިސް ބޭނުން ކޮށްގެން ފާސް ކުރުވަން އުޅޭ ޓޫލެއް.” މީކާއީލް މިއަދު ވިދާޅުވިއެވެ.
މީކާއީލް މިހެން ވިދާޅުވެފައިވާއިރު މިއަދުގެ ޖަލްސާގައި މިބިލަށް ތާއިދުކޮށް ބިލު ފާސްކުރުމަށް 64 މެމްބަރުން ވަނީ ތަޅުމުގައި ވޯޓު ދެއްވާފައެވެ. އަދި ބިލާއި ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު