މުހައްމަދު ޝަފީގު-
މުހައްމަދު ޝަފީގު-
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުއީއެމް)ގެ ނައިބު ރައީސްކަމުގެ މަގާމަށް މ. ޕޮޕީ، މުހައްމަދު ޝަފީގު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޝަފީގު އެ މަގާމަށް އައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވުމަށްފަހު، އެ މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

އަދި ހަމަ މިއަދު އެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި ޝަފީގަށް ރުހުންދޭން ފާސްކޮށް ކޮމިޓީން ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ.

އެ މަގާމަށް ޝަފީގު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިއަދު މެންދުރުފަހު 1:00 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 67 މެންބަރުންގެ ވޯޓާއެކުއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް