އިސްލާހުތަކާއެކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ރެގިއުލޭޓަރީ ބިލު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.
ސަރުކާރުގެ އެއްބާރުލުމާއެކު މީޑިއާ ރެގިއުލޭޓް ކުރުމުގެ ބިލުގެ ނަމުގައި މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.
މި ބިލާ ދެކޮޅަށް ބައެއް ނޫސްވެރިން ވަނީ ޚިޔާލު ފާޅުކޮށްފައެވެ. އެގޮތުން ނޫސްވެރިންގެ ޚިޔާލު ހޯދުމަށް އެ ކޮމެޓީން މި މަހުގެ ފުރަތަމަ ދުވަހު ބޭއްވި ކޮމެޓީގެ ޖަލްސާގައި ވެސް ނޫސްވެރިން ވަނީ އެ ބިލާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.
ބިލު ކޮމެޓީން ފާސްކޮށްފައިވަނީ އެ ބިލު ދިރާސާކުރާ ކޮމިޓީގެ ބައެއް މެމްބަރުން ބަދަލުކުރުމަށްފަހު، މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައެވެ. ކޮމިޓީގައި ބިލު ފާސްކުރުމަށް ސަރުކާރަށް ނިސްބަތްވާ ހުރިހާ މެންބަރުން ވަނީ ވޯޓުދެއްވާފައެވެ.
މި ބިލް ކޮމިޓީން ފާސްކޮށްފައި މިވަނީ ބިލު ބޭރުކުރުމަށް ގޮވާލައި ނޫސްވެރިން ސޮއިކޮށްފައިވާ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހަށާއި، ރައީސް އޮފީހަށް ހުށަހަޅާފައި ވަނިކޮށެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ އެ ޕެޓިޝަނަށް ކޮމެޓީން ރިއާޔަތްނުކުރާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ ވަގުތު އެތަނުގައި ތިބި ނޫސްވެރިންވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު