އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު
ވެރިން ކޮންމެ ގޮތަކަށް ގާނޫނު ބައްޓަން ކުރިޔަސް ބޭނުންޖެހުމުން ރައްޔިތުން ބާރުގެ ބޭނުން ހިފާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވެފައި މިވަނީ މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލަށް އިޝާރާތް ކުރައްވަމުން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން މޫސަ ވިދާޅުވީ ފެހި ގާނޫނު އަސާސީއަށްފަހު ވެރިން ކޮންމެ ގޮތަކަށް ގާނޫނުތަކެއް ބައްޓަންކޮށް ފާސްކުރިނަމަވެސް ބޭނުން ޖެހުމުން ގާނޫނު އަސާސީގެ 4 ވަނަ މާއްދާ ކަމަށްވާ، ރައްޔިތުންގެ ބާރުގެ ބޭނުން ރައްޔިތުން ހިފާނެ ކަމަށެވެ.

އޭގެ މިސާލެއްގެ ގޮތުގައި އޭނާ ދައްކާފައިވަނީ ބަގާވާތްކޮށްގެން ވެރިކަމުގައި ދެމިނުތިބެވުނު ކަމެވެ.

މޫސަ ވިދާޅުވީ އެއްވެސް ވެރިކަމެއް ޤާނޫނީ އިމުން ބޭރުވެއްޖެނަމަ ރައްޔިތުން ގޮތް ނިންމާނީ ޖުމްހޫރީ މައިދާނުގައި ކަމަށެވެ. އަދި މާޒީގައިވެސް އެހިސާބަށް ކަންތައް ގޮސްފައިވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.





ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް