އިންސާނާގެ ފުރަމެއަކީ ވަރަށް މުހިންމު މަސައްކަތްތަކެއް ކުރާ ގުނަވަނެކެވެ. މިއީ އިންސާނާގެ ލޭގައި ހުންނަ ވިހަ މާއްދާތައް ބޭރުކޮށްދޭ، އަދި ލޭގައި ހުންނަ ނިއުޓްރިއެންޓުތައް މެޓަބަލައިޒްކޮށްދޭ ގުނަވަނެވެ. ވީމާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ފުރަމޭގެ ސިއްހަތަށް ބެލުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. މިފަހަރު މި ހިމަނާލަނީ ފުރަމޭގެ ސިއްހަތު ރަނގަޅު ކުރުމުގައި އެހީވެދޭ ބައެއް ބުއިންތަކެވެ.
ގްރީން ޓީ
ގްރީން ޓީ ބުއިމުން 'ފެޓީ ލިވާ ޑިޒީޒް' ހުންނަ މީހުންގެ ހަށިގަނޑުގައި ލިވާ އެންޒައިމްތައް ހުންނަ ވަރު މަދުކޮށްދެއެވެ. އަދި މީގައި ހިމެނޭ އެންޓިއޮކްދިޑެންޓުތަކުގެ ސަބަބުން ފުރަމޭގެ ކެންސަރުންވެސް މީހާ ދުރުކޮށްދެއެވެ.
ކަޅު ސައި
ކަޅު ސައިގައި ހިމެނޭ އެންޓިއޮކްސިޑެންޓެއް ކަމަށްވާ ތިއަފްލަވިން އަކީ ފުރަމޭއަށް ވަރަށް ފައިދާހުރި މާއްދާއެކެވެ. މި މާއްދާގެ ސަބަބުން ދުޅަވުން ކުޑަކޮށްދީ، ލިވާ އެންޒައިންތައް ހުންނަން ޖެހޭ ވަރު ކޮންޓްރޯލް ކޮށްދީ، ފުރަމޭގައި ސަރުބީ ޖެހުމުން ހުއްޓުވައިދެއެވެ.
އަންނާރު ޖޫސް
އަންނާރަކީ އޭގައި ޕުނިކަލަޖިން އެންޓިއޮކްސިޑެންޓުތައް ހިމެނޭ އެއްޗެކެވެ. އަންނާރު ޖޫސް ބުއިމުން އޭގައި ހިމެނޭ މި މާއްދާތަކުގެ ސަބަބުން ފުރަމޭގައި ސަރުބީ ރައްކާކުރުމަށް އެހީވެދެއެވެ. އަދި އޮކްސިޑޭޓިވް ސްޓްރެސްއާ ދުރުކޮށްދީ، ދުޅަވުންވެސް ކުޑަކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު