މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ރެގިއުލޭޓަރީ ބިލް ފާސްކުރުމަށް މިއަދު މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވާތީ ނޫސްވެރިން މަޖިލިސް އިދާރާ ކައިރީގައި މުޒާހަރާކުރަން ފަށައިފިއެވެ.
ސަރުކާރުގެ ތާއީދާއެކު މަޖިލީހަށް މީޑިއާ ރެގިއުލޭޓުކުރުމުގެ ބިލު ހުށަހެޅީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރުއެވެ. މި ބިލާ ދެކޮޅަށް ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް، އިއްޔެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ބިލް ފާސްކޮށްފައެވެ.
މި ބިލު ކޮމިޓީން ފާސްކޮށްފައިވަނިކޮށް ދައުރުން ބޭރުން މިއަދު ޖަލްސާއެއް ބާއްވާނެކަމަށް މަޖިލީހުން ވަނީ އިއުލާންކޮށްފައެވެ. އެހެންނަމަވެސް ޖަލްސާ އޮންނާނެ ގަޑިއަކާައި، ޖަލްސާގެ އެޖެންޑާައެއް އަދި ހާމައެއް ނުކުރެއެވެ.
ނޫސްވެރިން އެކަމާ ގުޅޭގޮތުން ތަކުރާރުކޮށް ސުވާލުކުރުމުން މަޖިލީހުގެ މީޑިއާ ޓީމުން ބުނީ ޖަލްސާގެ އެޖެންޑާ ފައިނަލް ވުމުން ހިއްސާ ކުރާނެ ކަމަށެވެ.
މިއަދު މީޑިއާ ބިލު ފާސްކުރަން އުޅޭއިރު، މުޅި ގްރީން ޒޯން ބަންދުކޮށް ގިނަ އަދަދެެއްގެ ފުލުހުން ދަނީ މަޖިލިސް ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި އެ ސަރަހައްދަށް ވަނުމުގެ ފުރުސަތެއް ފުލުހުން ނޫސްވެރިންނަކަށް ނުދެއެވެ.
އެހެންނަމަވެސް ނޫސްވެރިން ދަނީ މީޑިއާ ކޮންޓްރޯލް ބިލު ބޭރުކުރަން ގޮވާލައި މަޖިލީސް ކައިރީގައި މުޒާހަރާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު