މީޑިއާ ބިލާ ގުޅޭގޮތުން ނޫސްވެރިން ފާޅުކުރި ކަންބޮޑުވުންތައް ސަރުކާރުން އަޑުއައައްސަވާފައިވާ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރ އޮފް ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހިމް ޚަލީލު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ވަނީ އިސްލާހުތަކަކާއެކު މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު ފާސްކޮށްފައެވެ. ކޮމިޓީން މި ބިލް ފާސްކޮށްފައިވަނީ ނޫސްވެރިން މި ބިލު ބޭރުކުރުމަށް ގޮވާލައި މުޒާހަރާ ކުރަމުންދަނިކޮށެވެ.
މީޑިއާ ބިލާ ގުޅޭ މައުލޫމާތުދިނުމަށް މީރުމާގައި ރޭ ބޭއްވި "ނޫސްވެރިންގެ ފޯރަމް" ގައި ވާހަކަދައްކަވަމުން ހަލީލު ވިދާޅުވީ އެ ބިލު ހުށަހެޅުމާ ގުޅިގެން ނޫސްވެރިން ދިޔައީ ކަންބޮޑުވުންތަކާއި ޝުއޫރުތައް ފާޅުކޮށް، ސޯޝަލް މީޑިއާގެ ޒަރިއްޔާއިން އިސްލާހުތައް ހުށަހަޅަމުން ކަމަށެވެ.
އަދި އެޓާރނީ ޖެނެރަލް ބިލަށް އިސްލާަހުތަކެއް ހުށަހަޅާފައިވަނީ ނޫސްވެރިން ބޭނުންވިގޮތަށް، ނޫސްވެރިން ފާޅުކުރި ޝުއޫރުތަކާއި މަޝްވަރާތަކާ އެކުކަމަށް ހަލީލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބިލު ފާސްކުރެވިގެން ދިޔައީ އެ އިސްލާހުތަކާ އެކު ކަމަށެވެ.
"އެހެންވީމާ ސަރުކާރުން ނޫސްވެރިންގެ އަޑު އަހައިފި. މިއަކަށް ދެބަހެއް ނުވެވޭނެ" ހަލީލު ވިދާޅުވިއެވެ.
ހަލީލު ވިދާޅުވީ މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ)ގެ ގާނޫނު ވުޖޫދުވި އިރު، އޭރު އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ އެ ޒަމާނުގައި އެއްޗެއް ލިޔެލާ އިރަށް ފުރަތަމަ ވެސް ފުލުހަށް ގެންދިއުން ކަމަށެވެ. ނަމަވެސް އެމްއެމްސީގެ ގާނޫނު އައި ފަހުން ސީދާ ފުލުހަށް ގެންދިއުމުގެ ބަދަލުގައި މައްސަލަ ބެލުމަށް މަތިކޮށްފައި އޮންނަނީ އެމްއެމްސީއަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި މި ބިލުން އުފެދޭ ގާނޫނުން ވެސް ފުލުހަކަށް ނުގެންދާނެ ކަމަށާއި، އުފެދޭ ކޮމިޝަންގެ ތެރެއިން މީޑިއާގެ މައްސަލަތައް ބެލި، އެކި ސްޓޭޖުތައް އޮންނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މީޑިއާ ކައުންސިލުގެ ގާނޫނުން ފުލުހަށް ދިވެހި ނޫސްވެރިޔާ ވަގުތުން ނުގެންދާނެކަމުގެ ކަށަވަރުކަން އޮންނަ ފަދައިން، މި އުފެދޭ ގާނޫނުގައި ހުރި މާއްދާތަކުން ވެސް ހަމަ އެކަން އެގޮތަށް ދެމިގެންދާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ހަލީލް ވިދާޅުވިއެވެ.
ހަލީލު އިތުރަށް ވިދާޅުވީ ދިވެހި ސަރުކާރުން ދިވެހި ނޫސްވެރިންގެ އަޑު އަހައިފިކަން އެއީ މިއަދު ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު