ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް މީޑިއާ ރެގިއުލޭޓްކުރުމުގެ ބިލް ތަޅުމުން ބޭރުކޮށްދެއްވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިލްތިމާސްކުރައްވައިފިއެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ވަނީ އިސްލާހުތަކަކާއެކު މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު ފާސްކޮށްފައެވެ. ކޮމިޓީން މި ބިލް ފާސްކޮށްފައިވަނީ ނޫސްވެރިން މި ބިލު ބޭރުކުރުމަށް ގޮވާލައި މުޒާހަރާ ކުރަމުންދަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު މީޑިއާ ރެގިއުލޭޓުކުރާ ބިލް ފާސްކުރާނޭކަމަށް ލަފާކުރެވޭއިރު، ބައެއް ނޫސްވެރިންނާއި އެނޫންވެސް ފަރާތްތަކުން ދަނީ ރައްޔިތުން މަޖިލީސް ކުރާ ގޭ ސަރަހައްދުގައި މުޒާހަރާ ކުރަމުންނެވެ.
މިކަމާ ގުޅިގެން ރައީސް ސޯލިހް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ތައްޔާރުވަމުންދާ މީޑިއާ ކޮންޓްރޯލު ބިލުގައި ނޫސްވެރިންގެ ގިނަ ކޮންބޮޑުވުންތަކެއް ހުރިކަން އެދަނީ މިހާރުވެސް ފާޅުކުރަމުންކަމަށެވެ.
"އަޅުގަނޑުގެ އިލްތިމާސަކީ ނޫސްވެރިންގެ އެ ކަންބޮޑުވުންތައް އަޑުއައްސަވާ މި ބިލު މަޖިލީހުން ބޭރުކޮށްދެއްވުން" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވަނީ މީގެ ކުރިންވެސް މީޑިއާ ބިލާ ދެކޮޅަށް ވާހަކަދައްކަވާފައެވެ. އެގޮތުން ސަރުކާރުން މީޑިއާބިލް ހުށަހެޅީ ނޫސްވެރިންކަން މަރާލުމަށްކަމަށް އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.

މިހާރު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ތައްޔާރުވަމުންދާ މީޑިއާ ކޮންޓްރޯލު ބިލުގައި ނޫސްވެރިންގެ ގިނަ ކޮންބޮޑުވުންތަކެއް ހުރިކަން އެދަނީ މިހާރުވެސް ފާޅުކުރަމުން. އަޅުގަނޑުގެ އިލްތިމާސަކީ ނޫސްވެރިންގެ އެ ކަންބޮޑުވުންތައް އަޑުއައްސަވާ މި ބިލު މަޖިލީހުން ބޭރުކޮށްދެއްވުން.… pic.twitter.com/Er9YQ10iBa
— Ibrahim Mohamed Solih (@ibusolih) September 16, 2025
ރައީސް ސޯލިހު ވަނީ މީގެ ކުރިންވެސް މީޑިއާ ބިލާ ދެކޮޅަށް ވާހަކަދައްކަވާފައެވެ. އެގޮތުން ސަރުކާރުން މީޑިއާބިލް ހުށަހެޅީ ނޫސްވެރިންކަން މަރާލުމަށްކަމަށް އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު