އިދިކޮޅު މެންބަރުން އިޙްތިޖާޖް ކުރަށްވަމުން ގެންދަވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތް ފިލްޒާގެ ރެކޮމެންޑޭޝަންތަކާއެކު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލްގެ ކޮމިޓީ ރިޕޯޓު ފާސްކޮށްފި އެވެ.
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ މި ބިލްގެ ކޮމިޓީ ރިޕޯޓު ކައުންސެލް ޖެނެރަލްގެ ފަރާތުން ބިލަށް އާ ރެކޮމެންޑޭޝަންތަކެއް ލިބިފައިވުމުން، އެކަން ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ވަނީ ބާއްވާފައެވެ.
ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީއަށް ނިސްބަތްވާ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ކައުންސެލް ޖެނެރަލްގެ ރެކޮމެންޑޭޝަންތަކާއި ކޮމިޓީ ރިޕޯޓް ދިރާސާ ކުރުމަށް އިތުރު ވަގުތަށް އެދިވަޑައިގެންފައެވެ. އަދި ކައުންސެލް ޖެނެރަލް ފާތިމަތް ފިލްޒާދެއްވާފައިވާ ރެކޮމެންޑޭޝަންތަކަކީ ކޮބައިކަން ކޮމިޓީގެ ރިޔާސަތުން ހާމަކުރަށްވާފައެއް ނުވެއެވެ.
މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ ކައުންސެލް ޖެނެރަލް ފާތިމަތް ފިލްޒާގެ ރެކޮމެންޑޭޝަންތަކާއެކު ކޮމިޓީ ރިޕޯޓް ފާސްކުރުމަށް ހުށަހަޅާފަ އެވެ. އަދި ކޮމިޓީން އެގޮތަށް ވަނީ ފާސްކޮށްފައެވެ.
މަޖިލީހުގެ ކޮމިޓީން ބިލު ފާސްކޮށްފައިވާއިރު، މިއަދު ހަވީރު 04:00 ގައި މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. މި ޖަލްސާގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް ފާސްކުރުމަށް ވޯޓަށް އަހާނެ ކަމަށް ބެލެވެއެވެ.
މީޑިއާ ބިލު ފާސްކުރުމުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާއިރު، މީޑިއާ ބިލް ފާސްކުރުމާ ދެކޮޅަށް މަޖިލިސް ސަރަހައްދުގައި ބައެއް ނޫސްވެރިންނާއި ޢާއްމުން ދަނީ އިޙްތިޖާޖު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު