ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްކަމަށް، މއ. ސިގްމާ، އަލްއުސްތާޛު މުޙައްމަދު މުޖްތާޒް އަދި އެ ކޮމިޝަނުގެ ނައިބު ރައީސްކަމަށް މ. ފަލްކަންގެ، މުޙައްމަދު ނާޞިޙް މިއަދު ޢައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ، މި ދެބޭފުން މަޤާމަށް ޢައްޔަން ކުރައްވާފައި ވަނީ ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ކަމަށެވެ.
އެދެބޭފުޅުންނަށް ރުހުން ދިނުމާމެދު ގޮތެއް ނިންމަން އިއްޔެގެ ޖަލްސާގައި ނެގި ވޯޓުގައި މުޖުތާޒަށް ރުހުންދޭން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އިއްތިފާގުންނެވެ. ނާސިހަށް ރުހުންދޭން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގަތް 65 މެންބަރުންގެ ތެރެއިން 64 މެންބަރުން ވޯޓުދެއްވައިގެންނެވެ. ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ.
ސީއެސްސީގެ ރައީސަކަށް ރައީސް މިއަދު އައްޔަން ކުރެއްވި މުޖުތާޒު ސީއެސްސީގެ މެންބަރުކަމަށް އައްޔަން ކުރެއްވީ މިދިޔަ އޭޕްރީލް މަހުއެވެ.
އޭގެއިތުރުން ސީއެސްސީގެ ނައިބަކަށް އައްޔަން ކުރެއްވި ނާސިހު މިހާރު ހުންނެވީ އެ ކޮމިޝަނުގެ ރައީސަކަށެވެ. އޭނާ އެކޮމިޝަނަށް އައްޔަންކުރީ 2020 ވަނަ އަހަރު އެވެ. މިއީ އެ ކޮމިޝަންގައި ނާސިޙް މަސައްކަތް ކުރައްވާ ދެވަނަ ދައުރެވެ.

ކިޔުންތެރިންގެ ހިޔާލު