އަވަސް އަރުވާލައިގެން މީޑިއާ ބިލު ފާސްކުރުމަކީ ޑިމޮކްރެޓިކް އުސޫލެއް ނޫން ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަޙްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުޢިއްޒު މިހެން ވިދާޅުވެފައިވާއިރު އިދިކޮޅު މެންބަރުން އިޙްތިޖާޖް ކުރަށްވަމުން ގެންދަވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތް ފިލްޒާގެ ރެކޮމެންޑޭޝަންތަކާއެކު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލްގެ ކޮމިޓީ ރިޕޯޓު މިއަދު ވަނީ ފާސްކޮށްފައެވެ.
އެކަމާ ގުޅިގެން ކުރީގެ ޕީޖީ މުޢިއްޒު މީސްމީޑިއާގައި މިއަދު ވިދާޅުވީ ބިލު ފާސްކުރުމުގެ މަރުޙަލާ ކުރިއަށްދަނީ އާދަޔާ ޚިލާފަށް އަވަސް ދުވެލީގައި ކަމަށެވެ. އަދި މިބިލަށް ރައްޔިތުންގެ މަޝްވަރާ ފުޅާ ދާއިރާއެއްގައި ހޯއްދެވުމަށް މުޢިއްޒު ވަނީ ގޮވާލައްވާފައެވެ.
އޭގެއިތުރުން ދާއިރާގެ ފަންނުވެރި ޚަބީރުންގެ މަޝްވަރާއާއެކު ޑިމޮކްރެޓިކް އުސޫލުން ބިލުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް މުޢިއްޒު އެދިވަޑައިގެންފައިވެއެވެ.
މުޢިއްޒު މިހެން ވިދާޅުވެފައިވާއިރު މިބިލަށް މަޝްވަރާ ކުރުމަށް އެކަށީގެންވާ ފުރުސަތު ދިނުމަށް ދިވެހިރާއްޖޭގެ ބާރ ކައުންސިލުން ވަނީ ގޮވާލާފައެވެ.
މީޑިއާ ބިލު ފާސްކުރުމުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާއިރު، މީޑިއާ ބިލް ފާސްކުރުމާ ދެކޮޅަށް މަޖިލިސް ސަރަހައްދުގައި ބައެއް ނޫސްވެރިންނާއި ޢާއްމުން ދަނީ އިޙްތިޖާޖު ކުރަމުންނެވެ.

— Ahmed Muizzu (@AhmedMuizzu) September 16, 2025
މުޢިއްޒު މިހެން ވިދާޅުވެފައިވާއިރު މިބިލަށް މަޝްވަރާ ކުރުމަށް އެކަށީގެންވާ ފުރުސަތު ދިނުމަށް ދިވެހިރާއްޖޭގެ ބާރ ކައުންސިލުން ވަނީ ގޮވާލާފައެވެ.
މީޑިއާ ބިލު ފާސްކުރުމުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާއިރު، މީޑިއާ ބިލް ފާސްކުރުމާ ދެކޮޅަށް މަޖިލިސް ސަރަހައްދުގައި ބައެއް ނޫސްވެރިންނާއި ޢާއްމުން ދަނީ އިޙްތިޖާޖު ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު