އިދިކޮޅު މެންބަރުން އިޙްތިޖާޖް ކުރަނިކޮށް މީޑިއާ ބިލު މަޖިލީހުން ފާސްކޮށްފިއެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފައިވަނީ 60 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އަދި މިބިލާ ދެކޮޅަށް 1 މެންބަރަކު ވޯޓު ދެއްވާފައިވެއެވެ.
މިބިލު ފާސްކޮށްފައިވަނީ މަޖިލީހުގެ ތަޅުމުގައި ބިލަށް 4 އިސްލާޙެއް ގެނައުމަށް ފަހުއެވެ.
މީޑީއާ ބިލް މަޖިލީހުން ފާސްކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އާއި ގަލޮޅު ދެކުނު ދައިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާއި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު އާއި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އާއި ކެންދޫ ދާއިރާގެ މެންބަރުމައުރޫފް ޒާކިރާއި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދުގެ ނަން އިއްވައި މަޖިލިސް ތަޅުމުން ވަނީ ބޭރުކޮށްފައެވެ.
ބިލް މަޖިލީހުން ފާސްކޮށްފައިވާއިރު، ބިލާ ދެކޮޅަށް މީޑިއާތަކުން ދަނީ އަޑުއުފުލަމުންނެވެ. އަދި މީޑިއާ ރެގިއުލޭޓް ކުރުމުގެ ބިލު އަނބުރާ ގެންދިއުމަށް ރާއްޖޭގެ ތަޖުރިބާކާރު ބައެއް ނޫސްވެރިންވެސް ގޮވާލައްވާފައިވެއެވެ.
މީޑިއާ ރެގިއުލޭޓް ކުރުމުގެ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭނެ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެއެވެ. ހަމައެހެންމެ، މީޑިއާ ބިލު ފާސްވެ ތަސްދީޤުވުމަށްފަހު، ޤާނޫނުގެ ތެރެއިން ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއިން ފެށިގެން 25،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މީޑިއާ ވަސީލަތްތައް 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ މަގުވެސް ފަހިވާނެއެވެ.
އޭގެއިތުރުން، މައްސަލައެއް ބަލައި ނުނިމެނީސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުމާއި، ފަހުން ކޯޓަށް ގޮސްގެން ވެސް ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވިދާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އޭގެ އިތުރުން، ކޮމިޝަނުން މައްސަލައެއް ބަލަމުން ދަނިކޮށް، ނޫސް ވެބްސައިޓެއް ބްލޮކް ކުރުން ނުވަތަ ޓީވީގެ ބްރޯޑްކާސްޓު ހުއްޓުވަން އެންގުމުގެ ބާރުވެސް ކޮމިޝަނަށް ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު