އިސްރާއީލް ޤަތަރަށް ދިން ހަމަލާގެ ސަބަބުން، މެދު އިރުމަތީގެ މަޝްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައި ހަ ޤައުމެއްގެ އިސް ލީޑަރުން އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
އެ މަޝްވަރާތައް ކޮށްފައި ވަނީ ކެނެޑާ، ފްރާންސް، މިޞްރު، ޖޯޑަން، ޤަތަރު އަދި އިނގިރޭސިވިލާތުގެ ލީޑަރުންގެ ދެމެދުގަ އެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންގެ އިސްނެގުމުގެ މަތީންނެވެ.
މަޝްވަރާތަކާ ގުޅޭ ގޮތުން ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ވަނީ، އެ މަޝްވަރާ ތަކުގައި ބައިވެރިވި ހުރިހާ ލީޑަރުން ވެސް އެއްބަސްވީ ސަރަހައްދުގެ ސުލްހަ އާއި ސަލާމަތައް އިސްކަން ދިނުމުގެ މުހިންމު ކަމަށެވެ.
އޭގެ ތެރޭގައި ދެމެހެއްޓެނިވި ހަމަ ޖެހުމަކަށް ވާސިލުވުމާއި، ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައިވާ ހުރިހާ ރަހީނުން ދޫކޮށްލުމާއި، ހަމާސްގެ ހަތިޔާރު ނައްތާލުން ހިމެނޭކަމަށް ރިޕޯޓުގައި ވެއެވެ.
އަދި ހަމައެއާއެކު ފަލަސްޠީނުގެ އާންމު ރައްޔިތުންނަށް ދިރިއުޅުމަށް ބޭނުންވާ އަސާސީ އެހީތެރިކަން ފޯރުކޮށްދިނުން އިތުރު ކުރުމުގެ މުހިންމު ކަމަށް ވެސް ޤައުމު ތަކުގެ ލީޑަރުން ވަނީ އަލިއަޅުވާލާފައެވެ.
އެ މަޝްވަރާ ތަކަކީ ސަރަހައްދުގެ ހަމަޖެހުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މުހިންމު ބައްދަލުވުމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު