ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލައިގެ ފުރަތަމަ އަޑުއެހުން މި މަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ސުޕްރީމް ކޯޓުން ތާވަލުކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ އެޖެންޑާގައިވާ ގޮތުން، މި މައްސަލައިގެ އަޑުއެހުން އޮންނާނީ އޯގަސްޓް 29 ވަނަ ދުވަހުގެ ހެނދުނު 11:30 ގައެވެ.

މި މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މުޙައްމަދު އިބްރާހީމް އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދެވެ.

2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް، މަނީ ލޯންޑަރިންގެ ކުށަށް ހަތް އަހަރުގެ ޖަލު ހުކުމެއް އަދި ރިޝްވަތުގެ ކުށަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް ކުރިއެވެ. ނަމަވެސް ހައިކޯޓުން ވަނީ މި ދެ ހުކުމްވެސް ބާތިލްކޮށް، އިތުރަށް ތަޙުޤީޤުކުރުމަށް ކްރިމިނަލް ކޯޓަށް މައްސަލަ އަނބުރާ ފޮނުވާފައެވެ.

ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ތިން އަހަރުގެ ޖަލު ހުކުމެއް އެ މައްސަލާގައި ކްރިމިނަލް ކޯޓުން އިއްވި އެވެ. އެ ހުކުމް ވެސް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ވަނީ އަންގާފައެވެ.

ޔޫސުފް ނައީމްގެ މައްސަލަ ވެސް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ މައްސަލަ ވެސް އެ ކޯޓުގައި ތާވަލުކޮށްފައި އޮތީ ޔާމީނުގެ މައްސަލައާ އެއް އެއް ވަގުތެއްގައި ކުރިއަށް ގެންދާ ގޮތަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް