މާލޭގައި އިއްޔެ ކުރިއަށްދިޔަ އިޙްތިޖާޖްގައި އެމްޑީޕީ މެންބަރެއްގެ ބޯ އުފުރައިލަން އުޅޭގޮތަށް ފުލުހުން އެމީހާގެ ބޮލަށް ދެމިކަމަށް ބުނެ އެ މައްސަލަ އެންއައިސީ އަށް ހުށައަޅައިފިއެވެ.
ނެޝަަނަލް އިންޓަގްރިޓީ ކޮމިޝަންގެ ބޭރުގައި މިއަދު ނޫސްވެރިންނާއި ބައްދަލު ކުރަށްވައި އެމްޑީޕީގެ ވަކީލު އައިކު އަހުމަދު އީސާ ވިދާޅުވީ، ފުލުހުން އިއްޔެ ވަނީ އެކަށީގެން ނުވާ ބާރުގެ ބޭނުންކޮށްފައި ކަމަށެވެ.
އެގޮތުން އެމްޑީޕީގެ މެންބަރު މުހައްމަދު ޝާހުގެ މޫނުމަތީގައި އަތް އަޅަައި "ބޯ އުފުރައިލަން އުޅޭ ފަދަ ގޮތަކަށް ދެމި" މައްސަލަ އެންއައިސީއަށް ހުށަހަޅާފައިވާ ކަމަށާއި، ބައެއް ނޫސްވެރިންނަށް އަނިޔާވާ ގޮތަށް އަމަލުކުރި މައްސަލަވެސް އެންއައިސީއަށް ހުށަހަޅާފައިވާ ކަމަށް އައިކް ވިދާޅުވިއެވެ.
"މިހުށަހެޅީ ޝާހުގެ މައްސަލަ. އެހެން ނަމަވެސް އަނިޔާވެފައިވާ މީޑިއާ ބޭފުޅުން އަދި އަަޅުގަނޑުމެންގެ އެހެން މެންބަރުންގެ މައްސަލަ ވެސް ހުށަހަޅާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވާލަން." އައިކް ވިދާޅުވިއެވެ.
އިޙްތިޖާޖްގެ ބައިވެރިންނަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަ އެމްޑީޕީން އެންއައިސީ އަށް ހުށައަޅާފައިވާއިރު، އިްޔެ މާލޭގައި އިޙްތިޖާޖު ކޮށްފައިވަނީ މީޑިއާ ބިލު ފާސްކުރުމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

އަނިޔާ އަނިޔާަ! ހުއްޓުވަން ނިކުމޭ!#ctrlbillbeyrukurey #CTRLehNukureveyne pic.twitter.com/vH5Mi1OoDX
— Iqbaalahmed🩵🇵🇸🇵🇰🇮🇳 (@Iqbaalahme59794) September 16, 2025
"މިހުށަހެޅީ ޝާހުގެ މައްސަލަ. އެހެން ނަމަވެސް އަނިޔާވެފައިވާ މީޑިއާ ބޭފުޅުން އަދި އަަޅުގަނޑުމެންގެ އެހެން މެންބަރުންގެ މައްސަލަ ވެސް ހުށަހަޅާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވާލަން." އައިކް ވިދާޅުވިއެވެ.
އިޙްތިޖާޖްގެ ބައިވެރިންނަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަ އެމްޑީޕީން އެންއައިސީ އަށް ހުށައަޅާފައިވާއިރު، އިްޔެ މާލޭގައި އިޙްތިޖާޖު ކޮށްފައިވަނީ މީޑިއާ ބިލު ފާސްކުރުމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.
ކިޔުންތެރިންގެ ހިޔާލު