އިނަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފިރާޤު
އިނަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފިރާޤު
ބޭސްލިބުންވެސް މިހާރު ދަތި ކަމަށާއި، ނަމަވެސް ޚިޔާލުފާޅު ނުކުރެވޭނަމަ މީހާ ދާނީ ޑިޕްރެޝަނަށް ކަމަށް އިނަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފިރާޤު ވިދާޅުވެއްޖެއެވެ.

ފިރާޤް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މީޑިއާ ރެގިއުލޭޝަންގެ ބިލަށް އިޝާރާތް ކުރަށްވައި މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ. އެގޮތުން ހިތްހަމަ ނުޖެހުމާއެކު ފިރާޤް ވިދާޅުވީ ޤައުމެއް ކުރިއަރާނީ މިހާ ވަރަށް ކަމަށެވެ.

ހަމައެއާއެކު ފިރާޤް ވިދާޅުވީ، ސަރުކާރުގެ މަޤާމުތަކުގެ ބޭނުމުގައި ހިތުގައި އޮތް އެއްޗެއް ދުލުން ބޭރުކުރަން ނުކެރޭނަމަ މީހާދާނީ ޑިޕްރެޝަނަށް ކަމަށެވެ. އެހެންކަމުން އެކަނި ހުރެވެސް މައްސަލަތަކުގެ ވާހަކަ ދައްކަންވާނެ ކަމަށް ފިރާޤު ވިދާޅުވިއެވެ.

"ބޭސް ލިބުންވެސް ދަތި އިނގޭތޯ." ފިރާޤު ވިދާޅުވެފައިވެއެވެ.

ފިރާޤް މިހެން ވިދާޅުވެފައިވާއިރު، މީޑިއާ ރެގިއުލޭޓް ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ ފާސްކޮށްފައެވެ. އަދި އެ ބިލުގެ ސަބަބުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިވެގެން ދާނެ ކަމަށް ޤާނޫނީ ފަންނުގެ މާހިރުން ދަނީ ވިދާޅުވަމުންނެވެ.

ނަމަވެސް ސަރުކާރުން ބުނެފައިވަނީ ޤައުމުގެ އިޖްތިމާޢީ ފޭރާން ރަނގަޅު ކުރުމަށްޓަކައި އެބިލަކީ މިވަގުތަށް ވަރަށް މުހިންމު ޤާނޫނެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު