އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް
ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ފުރަތަމަ ނަގަންވީ މިވެރިކަން ބާއްވަން ފެނޭތޯ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ރޭބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައި ފައްޔާޒް ވިދާޅުވީ، ރައްޔިތުންގެ ޚިޔާލު ހޯދުމަށް އިތުރު ވޯޓަކަށް ދާންވާނީ މި ވެރިކަން ދެމެހެއްޓުމާމެދު ރައްޔިތުންގެ ވޯޓަކަށް ދިއުމަށް ފަހު ކަމަށެވެ.

އެގޮތުން ފައްޔާޒް ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ދެއްކެވި ކޮންމެ ވާހަކައެއް ކޮންމެ ވައުދެއް ބޮލާ ޖަހައި އެއާ މުޅިން ޚިލާފަށް އަމަލުކުރައްވައިފި ކަމަށެވެ. އަދި މިއީ ދިވެހި ރައްޔިތުން ދަންނާނެ ހަގީގަތެއް ކަމަށްވެސް ފައްޔާޒޒް ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑު ދަންނަވާނީ ރެފްރެންޑަމް ބިލު އުސޫލުތަކާ ޚިލާފަށް މަޖިލީހުން ފާސް ކުރައްވައި ރައީސް މުއިއްޒު ގެޒެޓުކުރައްވައިގެން އެންމެ ފުރަތަމަ އަޅެ ކެރިވަޑައިގަންނަވަންޏާމުން ރެފްރެންޑަމެއް ނަގާށޭ، ވީ ވައުދުތަކާ ޚިލާފަށް އެއާ އިދިކޮޅަށް ތިމަންނާ މަސައްކަތްކުރީމާ ވެސް ރައްޔިތުން ތިމަންނާ ބޭނުންތޯ ނޫންތޯ." ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، ރައީސް މިވަގުތު އެ ކުރައްވަނީ ހުދުމުޚުތާރު ވެރިކަމެއް ހޯދަން ހުވަފެންދެކޭ ކޮންމެ ވެރިއަކު ކުރާ ކަންކަން ކަމަށެވެ.

ފައްޔާޒް މިހެން ވިދާޅުވެފައިވާއިރު އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެން ދާނެ ގޮތަކާމެދު ފެންނަ ވޯޓެއް ނެގުމަށް ސަރުކާރުން މިހާރުވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު