މަރްޔަމް ނަހްދާ ވަޙީދު   18 ސެޕްޓެމްބަރު 2025 - 9:58
އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ހިޖުރަކުރާ ފަލަސްތީނުގެ ރައްޔިތުން-
އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ހިޖުރަކުރާ ފަލަސްތީނުގެ ރައްޔިތުން-
އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ފުޅާ ކޮށްފައިވާއިރު، ޣައްޒާ ސިޓީ އިން ރައްޔިތުން ނިކުތުމަށް ވަގުތީ މަގެއް ހުޅުވާލައިފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ޣައްޒާ ސިޓީގައި ތިބި ރައްޔިތުން އެ ސަރަހަައްދުން ނިކުތުމަށް، ނުވަތަ ފުރައިގެން ދިޔުމަށް ވަގުތީ މަގެއް ހުޅުވާލާފައިވާ ކަމަށެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނީ މި މަގު ހުޅުވާލެވިފައި ވަނީ އިންސާނީ ބޭނުން ތަކަށް ކަމަށާއި، ޣައްޒާ ސިޓީގެ އުުތުރުގައި ދިރި އުޅެމުން އަންނަ ރައްޔިތުން، ދެކުނަށް ދިޔުމަށް އެ މަގު ބޭނުން ކުރެވޭނެ ކަމަށެވެ. ނަމަވެސް، އެ މަގު ހުޅުވިފައި އޮންނާނެ ވަގުތެއް އަދި މުއްދަތެއް މިހާތަނަށް ހާމަކޮށްފައި ނުވެއެވެ.

މިއީ ފާއިތުވި ދެ ހަފުތާގެ ތެރޭގައި އިސްރާއީލް އިން އެ ސަރަހައްދުގައި ދެމުން ގެންދާ ހަނގުރާމަވެރި ހަމަލާ ތަކުން ސަލާމަތްވުމަށް ރައްޔިތުން ލިބުނު ފުރުސަތެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ވަނީ ފާހަގަ ކޮށްފައެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ އަނިޔާވެރި އަމަލު ތަކުގެ ސަބަބުން، އެތައް ސަތޭހަ ހާހަށް ވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ވަނީ ހިޖުރަވެރިންގެ ގޮތުގައި އެ ސަރަހައްދު ދޫކޮށް ދިޔުމަށް މަޖުބޫރުވެފައެވެ.

ހަމަ އެހެންމެ، އިސްރާއީލް އިން ދެމުން އަންނަ ހަމަލާ ތަކުގައި 64،000 އަށް ވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް