އިންޑިޔަން ހައިކޮމިޝަނަރ ޖީ ބާލަސުބްރަމާނިއަމް
އިންޑިޔަން ހައިކޮމިޝަނަރ ޖީ ބާލަސުބްރަމާނިއަމް
ރާއްޖޭން އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ޓީބިލް ދެއްކުން އިންޑިޔާއިން ފަސްކޮށްދީފިއެވެ.

މާލީ ވުޒާރާއިން މިއަދު ބުނީ މިމަހު ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ދެއްކުން އިންޑިއާއިން ފަސްކޮށްދިފައިވާ ކަމަށެވެ. މިއީ އިންޑިޔާ ސަރުކާރުން މިފައިސާ ދެއްކުން ފަސްކޮށްދިން ދެވަނަ ފަހަރެވެ.

އިންޑިޔާ ސަރުކާރުން މިފައިސާ ދެއްކުން ފަސްކޮށްދިނީ މާލީ ވަޒީރު މޫސާ ޒަމީރު އިންޑިޔަން ހައިކޮމިޝަނަރ ޖީ ބާލަސުބްރަމާނިއަމްއާ އިއްޔެ ކުރެއްވި މަޝްވަރާތަކަށް ފަހުއެވެ.

އެމްޑީޕީ ސަރުކާރުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ބަޖެޓް ސަޕޯޓަށް ނެގި 200 މިލިއަން ޑޮލަރުގެ ތެރެއިން މިފަހަރު ފަސްކޮށްދިނީ މިމަހު ދައްކަންޖެހޭ 50 މިލިއަނެވެ. 50 މިލިއަން ޑޮލަރު މިސަރުކާރުން ވަނީ ދައްކާފައެވެ. ކުރިން އޮތްގޮތުން މިއަދު މިއީ 50 މިލިއަން ޑޮލަރު ދައްކަން ޖެހޭ ދުވަހެވެ.

މާލީ ވުޒާރާއިން ބުނީ އިންޑިޔާގެ މިނިންމެވުމުން ހާމަވަނީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދެމުންގެންދާ ދެމެހެއްޓެނިވި އިތުބާރާއި އެހީތެރިކަން ކަމަށެވެ.

އިންޑިޔާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަން ރައީސް ޞާލިޙްގެ ދައުރުގައި ވަނީ އެއްބަސްވެފައެވެ. އެމަޝްރޫއުތަކާ ގުޅޭގޮތުންވެސް އިއްޔެ ފިނޭންސް މިނިސްޓަރ ޒަމީރު ވަނީ އިންޑިޔާ ހައިކޮމިޝަނަރާ މަޝްވަރާ ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު