ރައްޔިތުން ތެދުވެރިކަމާއެކު ބަސްބުނެގެން ނޫނީ ނުބައި ޖައްބާރު ވެރިން އިސްލާހު ނުވާނެ ކަމަށް މަޝްހޫރު އިޤްތިޞާދީ މާހިރު، މުޙައްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.
ނަސީމް މިހެން ވިދާޅުވީ، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ ކަންކަން ކަނޑައެޅުމުގައި ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
އެގޮތުން ނަސީމް ވަނީ، އައްޑޫ ރައްޔިތުން އެ ވޯޓު ބޮއިކޮޓް ކުރެއްވުމަށް ގޮވާލައްވާފައެވެ. އަދި ވެރިން އިސްލާޙް ވާނީ ރައްޔިތުންގެ ފަރާތުން ނުރުހުންތެރިކަން ފެނިގެންކަން ނަސީމް ފާހަގަ ކުރެއްވިއެވެ.
"ވޯޓުގައި ބައިވެރިވެ ނުލައްވާ! ދެޓްސް އޯލް! ރައްޔިތުން ތެދުވެރިވެ ގައުމަށްޓަކާ ބަސްބުނެގެން ނޫނީ ނުބައި ޖައްބާރު ވެރިން އިސްލާހެއްނުވާނެ..." ނަސީމް ވިދާޅުވެފައިވެއެވެ.
ނަސީމްގެ އިތުރުން އެމްޑީޕީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރކަން ކުރެއްވި އިސްމާއީލް ޝިހާބުވެސް ވިދާޅުވެފައިވަނީ، އެއް ސިޓީ ކައުންސިލެއްގެ ދަށުން އައްޑޫ ހިންގުމަކީ ސިޔާސަތުތައް އެކުލަވައިލައި، ތަންފީޒު ކުރުމަށް ފަސޭހަވާނެ ކަމެއްކަމަށް ވިދާޅުވެފައެވެ.
އައްޑޫ ބައިބައި ކުރުމުގެ ފިކުރާ ދެކޮޅަށް ބައެއް ފަރާތްތަކުން ވާހަކަފުޅު ދައްކަވާފައިވާއިރު "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 9 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އައްޑޫ ސިޓީގެ ލާމަރުކަޒީ ނިޒާމު އޮންނާނެ ގޮތް ކަނޑައަޅުއްވާނީ އެ ސިޓީގެ ރައްޔިތުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އޮކްޓޯބަރ މަހުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ވޯޓަކީ، އައްޑޫ ސިޓީގެ ކޮންމެ ރަށެއްގެ ނަމުގެ ކުރިއަށް "އައްޑޫ" އިތުރުކުރުމަށްފަހު، ކޮންމެ ރަށެއްގައި ވަކި ކައުންސިލެއް އުފައްދާނީތޯ، ނުވަތަ މިހާރު އޮތްގޮތަށް "އައްޑޫ ސިޓީ ކައުންސިލް"ގައި ރަށްތައް ތަމުސީލު ކުރާނީތޯ، ރައްޔިތުން ޚިޔާރު ކުރެއްވުމަށް އައްޑޫ ސިޓީގެ ރައްޔިތުންނަށް ހުޅުވާލެވޭ ވޯޓެއް ކަމަށެވެ.

އައްޑޫބޭފުޅުން އެ ވޯޓު ބޮއިކޮޓްކުރައްވާ! ވޯޓުގައި ބައިވެރިވެ ނުލައްވާ! ދެޓްސް އޯލް! ރައްޔިތުން ތެދުވެރިވެ ގައުމަށްޓަކާ ބަސްބުނެގެން ނޫނީ ނުބައި ޖައްބާރު ވެރިން އިސްލާހެއްނުވާނެ... ދީ https://t.co/OexN66CEyK
— NafaNaseem (@monasibnaseem) September 18, 2025
ނަސީމްގެ އިތުރުން އެމްޑީޕީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރކަން ކުރެއްވި އިސްމާއީލް ޝިހާބުވެސް ވިދާޅުވެފައިވަނީ، އެއް ސިޓީ ކައުންސިލެއްގެ ދަށުން އައްޑޫ ހިންގުމަކީ ސިޔާސަތުތައް އެކުލަވައިލައި، ތަންފީޒު ކުރުމަށް ފަސޭހަވާނެ ކަމެއްކަމަށް ވިދާޅުވެފައެވެ.
އައްޑޫ ބައިބައި ކުރުމުގެ ފިކުރާ ދެކޮޅަށް ބައެއް ފަރާތްތަކުން ވާހަކަފުޅު ދައްކަވާފައިވާއިރު "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 9 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އައްޑޫ ސިޓީގެ ލާމަރުކަޒީ ނިޒާމު އޮންނާނެ ގޮތް ކަނޑައަޅުއްވާނީ އެ ސިޓީގެ ރައްޔިތުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އޮކްޓޯބަރ މަހުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ވޯޓަކީ، އައްޑޫ ސިޓީގެ ކޮންމެ ރަށެއްގެ ނަމުގެ ކުރިއަށް "އައްޑޫ" އިތުރުކުރުމަށްފަހު، ކޮންމެ ރަށެއްގައި ވަކި ކައުންސިލެއް އުފައްދާނީތޯ، ނުވަތަ މިހާރު އޮތްގޮތަށް "އައްޑޫ ސިޓީ ކައުންސިލް"ގައި ރަށްތައް ތަމުސީލު ކުރާނީތޯ، ރައްޔިތުން ޚިޔާރު ކުރެއްވުމަށް އައްޑޫ ސިޓީގެ ރައްޔިތުންނަށް ހުޅުވާލެވޭ ވޯޓެއް ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު