މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން
މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން
އެބައެއްގެ ސުލޫކު ހިފެހެއްޓުމަކީ އެބަޔަކާ ބެހޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

މީޑިއާ ރެގިއުލޭޓުކުރުމުގެ ގާނޫނު އުފެއްދުމާ ގުޅިގެން މިހާރު އޮތް ސެލްފް ރެގިއުލޭޓަރީ ނިޒާމު ހަލާކުވެފައިވާ ކަމަށް ބުނެ ދިވެހި ނޫސްވެރިން އަމިއްލަ ނިޒާމެއް ގާއިމު ކުރަން މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ ނިންމާފައެވެ.

އެގޮތުން އެމްޖޭއޭއިން ރޭ ބޭއްވި ބައްދަލުވުމުގައި ވަނީ "ފްރީ ޕްރެސް ކައުންސިލެއް" އުފައްދަން ފާސްކޮށް، އެކަމުގެ އިދާރީ މަސައްކަތްތައް ކުރަން ފަސް މެންބަރުންގެ ކޮމިޓީއެއް އުފައްދާފައެވެ.

މިކަމަށް ތާއީދު ކުރަމުން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި އަލީ ހުސައިން ވިދާޅުވީ އެބައެއްގެ ސުލޫކު ހިފެހެއްޓުމަކީ އެ ބަޔަކާ ބެހޭ ކަމެއް ކަމަށެވެ. އަދި ސިކުނޑީގައި ތަޅު އަޅުވައިގެން ނުތިބެވޭނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މީޑިއާ ރެގިއުލޭޓުކުރުމުގެ ބިލު ތަސްދީގުކޮށް މި ޤާނޫނަށް އަމަލުކުރަން ފަށާފައި މިވަނީ ބައެއް ނޫސްވެރިންނާއި، ބައެއް ޖަމިއްޔާތަކުން މި ބިލު ތަސްދީގުނުކުރުމަށް ގޮވާލަމުން ދަނިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު