އިސްރާއީލުގެ ސިފައިން-
އިސްރާއީލުގެ ސިފައިން-
މީގެ ކުރިން ދޫފައިނުވާފަދަ ވަރުގަދަ ހަމަލާތަކެއް ޣައްޒާ ސިޓީއަށް ދިނުމަށް ތައްޔާރުވަމުންދާ ކަމަށް އިސްރާއީލުގެ ސިފައިން ބުނެފިއެވެ.

މިކަން އިއުލާންކުރަމުން އިސްރާއީލުން ވަނީ އެ ސަރަހައްދުގެ ރައްޔިތުން ދެކުނަށް ފުރާ ދިއުމަށް އަންގާފައެވެ.

މިހާރު ވެސް ޣައްޒާ ސިޓީގެ އާބާދީގެ ދެބައިކުޅަ އެއްބައި ކަމުގައިވާ ގާތްގަނޑަކަށް 500،000 މީހުން ވަނީ އެހެން ސަރަހައްދުތަކަށް ފުރައިގެން ގޮސްފައެވެ.

އެހެންނަމަވެސް މަޖުބޫރީ ހާލަތްތަކުގެ ސަބަބުން އަދިވެސް ޣައްޒާ ސިޓީގައި ގިނަ އަދަދެއްގެ މީހުން އެބަ ތިއްބެވެ. މީގެ ތެރޭގައި ދަތުރުފަތުރު ކުރުމުގެ ޚަރަދު ނުކުރެވޭ މީހުންނާއި، ބަލިވެ އެނދުމަތިވެފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ.

އިސްރާއީލުން ވަނީ އަލް-މަވާސީ ސަރަހައްދު "އިންސާނީ ސަރަހައްދެއް" ގެ ގޮތުގައި ކަނޑައަޅާފައެވެ. ނަމަވެސް، މީގެ ކުރިން މި ސަރަހައްދަށް ވެސް ހަމަލާ ދީފައިވެއެވެ.

އިއްޔެ އެކަނިވެސް އިސްރާއީލުން ވަނީ ފަލަސްޠީނުގެ 22 ރައްޔިތުން ޝަހީދުކޮށްލާފައެވެ. މީގެ ތެރެއިން 11 މީހުން ޝަހީދުވެފައިވަނީ ޣައްޒާ ސިޓީގައެވެ.



ކިޔުންތެރިންގެ ހިޔާލު