މަނާ ތަންތާ ވޭޕްބޯން ތިބެނީ އެކަން މަނާކުރަން ކުރީސަފުގައި ތިއްބެވި ބޭފުޅުން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަބްދުލް ރަހްމާނު، (އައްދު) ކުރީގެ ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފަށް ރައްދު ދެއްވައިފިއެވެ.
އައްދު މިހެން ވިދާޅުވީ، ރާއްޖޭގައި ވޭޕް ބޭންކޮށް އަދި ދުންފަތުގެ ޑިއުޓީ ބޮޑުކުރުމަކީ މިސަރުކާރުން ނިންމި އެންމެ ހަރުދަނާ އެއްނިންމުން ކަމަށް ކުރީގެ ޔޫތް މިނިސްޓަރު އަޙްމަދު މަހުލޫފް ވިދާޅުވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން އައްދު ވިދާޅުވީ، ސަރުކާރުގެ ނިންމުން ހަރުދަނާވިޔަސް އެކަމުގެ ނަތީޖާއާ މެދު ސުވާލު އުފެދޭ ކަމަށެވެ. އެގޮތުން ދުންފަތަށް އިސްރާފު ކުރެވޭ ރުފިޔާ ރައްޔިތުންނަށް ސަލާމަތް ވަނީ މެންޗެސްޓާ ސިނގިރެޓާއި، އެކި ނަންނަން ކިޔާ، ގޮތްނޭނގޭ، ދައުލަތަށް ޓެކްސް ނުދައްކާ ސިގިރޭޓް ކުރިއަށް ވުރެން ހެޔޮއަގުގައި ބޮއެގެންކަމާމެދު އައްދު ސުވާލު އުފެއްދެވިއެވެ.
"ދެން ވަނީ އެންބަރލީފް ދުންފަތުން ބިޑިހަދައިގެން، މާގިނައިން ބޮވޭ. ދައުލަތަށްވެސް ގެއްލުން ސިއްހަތަށްވެސް ގެއްލުން. ދެން އޮތީ ވޭޕްގެ ވާހަކަ، ތިކަން މަނާކުރަން ކުރީސަފުގަ ތިއްބެވި ބޭފުޅުން މަނާ ތަންތާ ވޭޕްބޯން ތިބޭތަން އަޅުގަނޑު ލޮލުން ދެކެން، ވޭޕް ފްލުއިޑް، ވޭޕްކާރޓް، ވޭޕްޑިވައިސް ފްރީ ހޯމް ޑެލިވަރީ އޮވޭ." އައްދު ވިދާޅުވިއެވެ.
ހަމައެއާއެކު އައްދު ވިދާޅުވީ، ވޭޕާއި ސިނގިރޭޓްގެ މައްސަލަ ދައުލަތަށް ހުއްޓުވޭނެ ހަމަ އެއްގޮތްވެސް މިވަގުތު ނެތް ކަމަށެވެ.
"ކުރަންވީ ކަމަކީ ކޮލިޓީ، ބޯމީހާގެ ސިއްހަތަށް އެންމެ ގެއްލުން ކުޑަ ޕްރޮޑަކްޓް ތަކެއް އެފްޑީއޭގައި ރަޖިސްޓްރީކޮށް އެތަކެތި ފީސަބްލް އަގުތަކެއްގައި ވިއްކޭ ގޮތަށް ހަދަންވީ، އެކަށީގެންވާ ޓެކްސްވެސް ނަގަންވީ." އައްދު ވިދާޅުވެފައިވެއެވެ.
އައްދު މިހެން ވިދާޅުވެފައިވާއިރު، މަޙްލޫފް އިއްޔެ ވިދާޅުވީ މިވަގުތަށް ބައެއް ފަރާތްތައް ހިތްހަމަނުޖެހުނަސް، މީގެ މަސްތަކެއް ނުވަތަ އަހަރުތަކެއް ފަހުން، ސަރުކާރުގެ ނިންމުމާމެދު އެތައް ހާސް ޒުވާނުން އުފާކުރާނެ ކަމަށެވެ. އަދި މިއީ ޒުވާން ޖީލުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އަޅާފައިވާ ފިޔަވަޅެއްކަން މަހުލޫފް ފާހަގަކުރެއްވިއެވެ.
މިސަރުކާރުން ދުންފަތުގެ ބާވަތްތަކުގެ ޑިއުޓީ ބޮޑުކޮށްފައިވާއިރު، ވޭޕް އެތެރެކުރުމާއި ބޭނުންކުރުން ވަނީ މަނާކޮށްފައެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަމެއްގައި ރައްޔިތުންގެ ޚިޔާލު ހޯއްދަވައިގެން ސިނގިރޭޓްގެ ޑިއުޓީ ކުޑަކޮށް، އާންމުންނަށް ވޭޕް ހުއްދަ ކުރާނެ ކަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު