ފުލްސްޓޮޕް މޫވްމަންޓް އުފައްދައި ފުރަތަމަ ހަރަކާތް ބުރާސްފަތި ދުވަހު މާލޭގައި ބޭއްވުމަށް ނިންމައިފިއެވެ.
ރޭ މާލޭ އުސްފަސްގަނޑުގައި ބޭއްވި ޙަރަކާތެއްގައި އެމްޖޭއޭގެ ނައިބުރައީސް މުޙައްމަދު ޝަހްޒާން ވިދާޅުވީ، މި ސަރުކާރުން ދިވެހި ރައްޔިތުންގެ މަދަނީ ހައްގުތައް ނިގުޅައިގަންނަމުންދާ ކަމަށާއި، އެހެންކަމުން ފުލްސްޓޮޕް މޫވްމަންޓްގެ ނަމުގައި ޙަރަކާތްތަކެއް ހިންގުމަށް ރާވަމުންދާ ކަމަށެވެ.
އެކަމުގެ ތަފްސީލް ދެއްވަމުން ޝަހްޒާން ވިދާޅުވީ، އެހަރަކާތަކީ ހަމައެކަނި މީޑިއާ ކޮންޓްރޯލް ގާނޫނާ ގުޅޭ ކަންބޮޑުވުންތަކަށް އަމާޒުކޮށްފައިވާ ހަރަކާތެއް ނޫން ކަމަށާއި، ދިވެހި ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަންނަ ކޮންމެ ހަނިކުރުމަކާ ދެކޮޅަށް އެޙަރަކާތުން އަޑުއުފުލާނެ ކަމަށެވެ.
"ފުލްސްޓޮޕް މޫވްމަންޓް އުފެދިގެން މިއައީ ސަރުކާރުގެ ފަރާތުން ހިންގާ ނުރަނގަޅު ކަންކަމުގައި ފުލްސްޓޮޕް ޖެހުމަށް. ދިވެހިރާއްޖޭގައި ވައްކަމާއި ފަސާދަ އޮތްހާ ދުވަހަކު ފުލްސްޓޮޕް މޫވްމެންޓް ދެމި އޮންނާނެ. ދިވެހިރާއްޖެއަށް ދެން އަންނަ ހުރިހާ ސަރުކާރެއް ޒިންމާދާރު ކުރުވުންމަތީ މިހަރަކާތް ދެމިއޮންނާނެ." ޝަހްޒާން ވިދާޅުވިއެވެ.
ހަމައެއާއެކު ޝަހްޒާން ވިދާޅުވީ، ފުލްސްޓޮޕް މޫވްމަންޓުން އަންނަ ބުރާސްފަތި ދުވަހު މާލޭގައި ސުލްހަވެރި ހިނގާލުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ހިނގާލުމުގައި ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އަޑު އުފުލާނެ ކަމަށެވެ.
އޭގެއިތުރުން އެ ޙަރަކާތުގެ މަސައްކަތްތަކާ ގުޅޭގޮތުން ގިނަ މަދަނީ ޖަމްއިއްޔާތަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، ބައެއް ޖަމްއިއްޔާތައް މިހާރުވެސް އެހަރަކާތާ ގުޅިފައިވާ ކަމަށް ޝަހްޒާން ރޭ ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު