ޑރ. މުހައްމަދު އިޔާޒު
ޑރ. މުހައްމަދު އިޔާޒު
ރައްޔިތުންނަށް ގެއްލުން ނުދީ ގޯއްޗަށްދާން ޅިޔަނަށާއި ކޮއްކޮއަށް ލަފާއެރުވުމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު އިއްބެ)ގެ އަރިހުން އެދިވަޑައިގެންފިއެވެ.

މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ޑރ. އިޔާޒް ވިދާޅުވީ މިސަރުކާރަކީ ދެއްކުންތެރި ސަރުކާރެއް ކަމަށާއި، މެންބަރު އިބްރާހިމް ފަދަ ބޭފުޅުން މެދުވެރިކޮށް މި ސަރުކާރަކީ ދީންވެރި ސަރުކާރެއް ކަމަށް ދައްކަން މަސައްކަތް ކުރި ނަމަވެސް އެގޮތަށް ބުނެވޭނެ ޖާގަ ނެތް ކަމަށެވެ.

އެގޮތުން އައްޑޫގައި ބޮޑީ ބިލްޑް މުބާރާތުގެ ނަމުގައި ދެޖިންސުގެ މީހުން ނިވާކަން ކުޑަކޮށް މުޑުދާރު ވަޙުޝީ ޙަފްލާއެއް ބޭއްވި ކަމަށާއި، އެފަދަ ކަންކަން އެހެން ހުރުމުން މިވެރިކަން ދިފާޢު ކުރަށްވަން ނަމަވެސް ޙަޤީޤަތާއި އެއްގޮތަށް ވާހަކަ ދެއްކުމަށް ޖަނާބު އިއްބެއަށް ނަޞޭޙަތްތެރިވާ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

"ޅިޔަނު ވެރިކަމަށް ގެންނަން ވީ ވަޢުދުތަކުން ފުއްދުނީ ކޮންކަމެއްތޯ؟ ގެއްލުނު ކަނޑުން ކިހާތަނެއް ލިބިއްޖެތޯ؟ އިންޑިޔާ އައުޓްވީތޯ ނޫންނަމަ ވީ އިންތޯ؟ ވިސްނާ ފިކުރު ކުރައްވާ. އިތުރަށް ރައްޔިތުންނަށް ގެއްލުން ނުދީ ގޯއްޗަށް ދާން ޅިޔަނަށާއި ކޮއްކޮއަށް ލަފާ ދެއްވާ." ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.



ޑރ. އިޔާޒް މިހެން ވިދާޅުވެފައިވާއިރު ރިޔާސީ ދައުރު ދަންމާލުމަކީ ގޯސްކަމެއް ނޫން ކަމަށް މައްޗަންގޮޅީ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު ތި ހިޔާލަށް އަނެއްހެން ދަންނަވަންޏާ ތާއީދު ކުރަން، އެނގޭތޯ އަޅުގަނޑު ދެކޮޅެއް ނޫން ތިކަމާ." ޖަނާބު އިއްބެ ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު