ސަރުކާރު އިމާރާތެއް ގެއްލުވާލި މައްސަލަ އޭސީސީ އާއި އޮޑިޓް އޮފީހުން ބަލަން ޖެހޭ ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީޙް މިހެން ވިދާޅުވީ، ރައީސް އޮފީސް ކުރިމަތީގައި ކުރީގެ ހުރަވީ ބިލްޑިން ހުރި ބިމުގައި މި ސަރުކާރުން ގާއިމްކުރި މީޑިއާ ފެންޑާ ކުއްލި ގޮތަކަށް ތަޅާލާފައިވާތީ މީސްމީޑިއާގައި ކަންބޮޑުވުން ޙިއްސާ ކުރަށްވަމުންނެވެ.
އެގޮތުން މަލިޙް ވިދާޅުވީ، މީޑިއާ ފެންޑާގެ މިލްކުވެރިކަން އޮންނަން ޖެހޭނީ މާލީ ވުޒާރާގައި ކަމަށާއި، އެތަން ތަޅާލަން ވާނީ އެ ވުޒާރާގެ ހުއްދަ ލިބިގެން ކަމަށެވެ. އޭގެ އިތުރުން ރައްޔިތުންގެ ފައިސާ އެގޮތަށް އިސްރާފް ކުރެވިގެން ނުވާނެ ކަމަށްވެސް މަލީޙް ވިދާޅުވެފައިވެއެވެ.
"ސަރުކާރުގެ ޢިމާރާތެއް ކުއްލިޔަކަށް ވަގަށް ގެންދިޔަ މައްސަލަ އޭސީސީއަށް ހުށައަޅަން ޖެހޭ. އަދި އޮޑިޓް އޮފީހުންވެސް ބަލަން ޖެހޭ." މަލީޙް ވިދާޅުވިއެވެ.
މަލީޙް މިހެން ވިދާޅުވެފައިވާއިރު މީޑިއާ ފެންޑާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހިނގާ ކަންކަމާއި، އެ ސަރަޙައްދުގައި ހިމެނޭ ސަރުކާރު އޮފީސްތަކުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ހޯދައި، މީޑިއާ ކަވަރޭޖް ހަދަން ނޫސްވެރީން ތިބުމަށް ޚާއްޞަކޮށްގެން، ނޫސްވެރީންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއްގެ ގޮތުގައި، 29 މެއި 2025 ގައި ޤާއިމުކޮށްފައިވާ ތަނެކެވެ.
ނަމަވެސް މީޑިއާތައް ރެގިއުލޭޓު ކުރުމަށް ސަރުކާރުން ހުށައެޅި ބިލާއި ދެކޮޅަށް ނޫސްވެރިން އަޑުއުފުލަން ފެށުމުން، "ހުއްދަ ނުހޯދާ ބަޔަކު" އެތަން ބޭނުން ކުރަނީ ކަމަށް ބުނެ މީޑިއާ ފެންޑާއުވާލާފައިވަނީ، މިމަހުގެ 14 ވަނަ ދުވަހުއެވެ.
އަދި މީޑިއާ ފެންޑާ އުވާލުމަށްފަހު އެތަނުގައި ހުރީ ރުއް އިންދާފައިވާ ގަސްމުށިތަކެއް ބަހައްޓާފައެވެ. ނަމަވެސް އެތަނުގައި ތިބެ ލިޔާނެ ކަމަށް ބައެއް ނޫސްވެރިން މީސްމީޑިއާގައި މެސެޖުތަކެއް ޙިއްސާ ކުރިފަހުން އެތަނުގައި އިށީނދެވޭ ގޮތަށް ހުރި ސިޑިބަރި މިވަނީ ތަޅާލާފައެވެ.

Sarukasruge imaaraatheh kuhliyakah vagah gendhiya massala ACC ah hushahalhan jehey. Adhi audit offihunves balan jehey. Mithaage milkuverikan onnan jeheynee finance mininstry ga. Ethanun huhdha dhinthoa balan jehey. Rayyithunge faisaa migothah israafu nukureveyne? Golhitah fethey https://t.co/inHynOh3pG
— Mohamed Maleeh Jamal (@maleehjamal) September 20, 2025
މަލީޙް މިހެން ވިދާޅުވެފައިވާއިރު މީޑިއާ ފެންޑާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހިނގާ ކަންކަމާއި، އެ ސަރަޙައްދުގައި ހިމެނޭ ސަރުކާރު އޮފީސްތަކުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ހޯދައި، މީޑިއާ ކަވަރޭޖް ހަދަން ނޫސްވެރީން ތިބުމަށް ޚާއްޞަކޮށްގެން، ނޫސްވެރީންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއްގެ ގޮތުގައި، 29 މެއި 2025 ގައި ޤާއިމުކޮށްފައިވާ ތަނެކެވެ.
ނަމަވެސް މީޑިއާތައް ރެގިއުލޭޓު ކުރުމަށް ސަރުކާރުން ހުށައެޅި ބިލާއި ދެކޮޅަށް ނޫސްވެރިން އަޑުއުފުލަން ފެށުމުން، "ހުއްދަ ނުހޯދާ ބަޔަކު" އެތަން ބޭނުން ކުރަނީ ކަމަށް ބުނެ މީޑިއާ ފެންޑާއުވާލާފައިވަނީ، މިމަހުގެ 14 ވަނަ ދުވަހުއެވެ.
އަދި މީޑިއާ ފެންޑާ އުވާލުމަށްފަހު އެތަނުގައި ހުރީ ރުއް އިންދާފައިވާ ގަސްމުށިތަކެއް ބަހައްޓާފައެވެ. ނަމަވެސް އެތަނުގައި ތިބެ ލިޔާނެ ކަމަށް ބައެއް ނޫސްވެރިން މީސްމީޑިއާގައި މެސެޖުތަކެއް ޙިއްސާ ކުރިފަހުން އެތަނުގައި އިށީނދެވޭ ގޮތަށް ހުރި ސިޑިބަރި މިވަނީ ތަޅާލާފައެވެ.
ކިޔުންތެރިންގެ ހިޔާލު