ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ހުސައިން މުހައްމަދު ދީދީ
ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ހުސައިން މުހައްމަދު ދީދީ
ޖަރީމާ އާއި ދޮގާއި އޮޅުވާލުން ފެންނަންޏާ އެވާހަކަ ދައްކާނެ ކަމަށް ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ހުސައިން މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޙުސައިން މިހެން ވިދާޅުވީ މީސްމީޑިއާގައި މިއަދު ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.

އެގޮތުން ޙުސައިން ވިދާޅުވީ، ރައްޔިތުންނާއި ނޫސްވެރިން މިގައުމުގެ ވެރިންގެ ވައްކަމާއި، އެމީހުން ގައުމު ލޫޓުވާ ވާހަކަ ދައްކާނެ ކަމަށެވެ. އަދި އެފަދަ ވާހަކަ ދެއްކުމަކީ ގުރުއާނަށް ގޮންޖެހުމާ އެއްވަރު ކުރަނީ ކޮން ހަމައަކުން ކަމާމެދު ޙުސައިން ވަނީ ސުވާލު އުފައްދަވާފައެވެ.

"އަމިއްލައަށް މާ މާތްބަޔަކަށް ހީވިޔަސް ތިއީ 5 އަހަރަށް ހޮވާފަ ތިބި ޚާދިމުން. ޖަރީމާއާ ދޮގާ އޮޅުވާލުމުގެ ކަންކަން ފެނުނީމަ އެވާހަކަ ދައްކާނެ." ޙުސައިން ވިދާޅުވެފައިވެއެވެ.



ޙުސައިން މިހެން ވިދާޅުވެފައިވާއިރު، ޤުރުއާނަށް ގޮންޖަހައި ލިޔުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި، މި ޤައުމުގައި ކަންކަން ހިނގާނީ އިސްލާމީ ގިއުގަނޑުގެ ތެރެއިން ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

އަދި މީޑިއާ ބިލާއި ދެކޮޅަށް ކޮންމެ ތާކުން ކޮންމެ ކަހަލަ ބަޔާނެއް ހިފައިގެން އަޔަސް ފަރުވާލެއް ނެތް ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު