މަސްތުވާތަކެތީގެ މައްސަލައެއްގައި ކޯޓަށް ހާޟިރު ކުރުމަށް ފުލުހުން ހޯދަމުންދިޔަ ޝަހީބު ފޮރުވުމުގެ ތުހުމަތުގައި އޭނާގެ އަނބިމީހާ ހައްޔަރުކުރީ ފުލުހުންގެ ފެންވަރެއް ނެތުމުން ކަމަށް މާލީ ވުޒާރާގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަނަސް އަބްދުއް ސައްތާރު ވިދާޅުވެއްޖެއެވެ.
އަނަސް މިހެން ވިދާޅުވީ، ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ދައުވާ ލިބޭ ޝަހީބު އިބްރާހިމް ފިލައިގެން އުޅުމަށް އެހީތެރިވެދިނުމުގެ ތުހުމަތުގައި އޭނާގެ އަންހެނުން ހައްޔަރުކުރުމަށްފަހު ބަންދުން ދޫކޮށްލާފައިވާ ދަނޑިވަޅެއްގައެވެ.
މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި އަނަސް ވިދާޅުވީ، ފުލުހުން ބޭނުންވާ ގޮތަށް ޤާނޫނުތަކަށް ބަދަލު ގެންސްދީގެންވެސް ފުލުހުންނަށް ނަތީޖާ ނެރެދެވިފައި ނެތް ކަމަށެވެ. އެގޮތުން ތަހުގީގު ކުރަންޖެހޭ މިންގަނޑު ދަށްކޮށް ވަކީލުންގެ ފުރުސަތުވެސް ހަނިކޮށްދިނުމުންގެ ފުލުހުންގެ މަސައްކަތް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި މީހުންގެ ފެންވަރަށް ތަހުގީގުގެ މިންގަނޑު ތިރިކޮށްދީގެންވެސް އެއްވެސް ހަގީގީ ޕޮލިސް މަސައްކަތެއް ނުކުރެވުނު ބައެއް." އަނަސް ވިދާޅުވެފައިވެއެވެ.
އަނަސް މިހެން ވިދާޅުވެފައިވާއިރު، ޝަހީބުގެ އަންހެނުން ހައްޔަރުން ދޫކޮށްލުމަށްފަހު ފުލުހުން ބުނެފައިވަނީ، ޝަހީބު، ފުލުހުންނަށް ފިލައިގެން އުޅެން އެހީތެރިވެފައިވަނީ އޭނާގެ އަންހެނުން މ. ކަރާދުބުރިގެ އާއިޝަތު ވަހީދާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި ޝަހީބުގެ އަންހެނުން ދޫކޮށްލިއަސް، ޝަހީބު ފިލައިގެން އުޅުމަށް އެހީތެރިތެދިނުމުގެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޝަހީބުގެ އަންހެނުން ހައްޔަރުކުރުމާއެކު، ޝަހީބު ވަނީ ފުލުހުންގެ އިދާރާއަށް އަމިއްލައަށް ހާޒިރުވެފައެވެ. އަދި އައިޝަތު ވަހީދާ ވެސް ވަނީ ބަންދުން ދޫކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު