ޒުވާން ޚަތީބުންނަށް ތަމްރީނުދިނުމުގެ ވޯކްޝޮޕްގެ ތެރެއިން، ފޮޓޯ: މިނިސްޓްރީ
ޒުވާން ޚަތީބުންނަށް ތަމްރީނުދިނުމުގެ ވޯކްޝޮޕްގެ ތެރެއިން، ފޮޓޯ: މިނިސްޓްރީ
ޒުވާން ޚަޠީބުންނަށް އިތުރު ތަމްރީނު ދިނުމުގެ ގޮތުން 'އިސްލާމިކް ލީޑަރޝިޕް' ވޯކްޝޮޕެއް ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ މިނިސްޓްރީން ކުރިއަށްގެންދާ ވޯކްޝޮޕަކީ ޒުވާން ޚަޠީބުންނަށް އިތުރު ތަމްރީނު ދިނުމާއި އިސްލާމީ ލީޑާޝިޕްގެ ދާއިރާއިން އިތުރަށް ކުރިއަށް ދިއުމަށް ހިއްވަރުދީ ދާއިރާއާއި ގުޅޭ ދީނީ މުހިއްމު މަޢުލޫމާތުތައް ފޯރުކޮށްދިނުމުގެ މަޤުސަދުގައި ކުރިއަށްގެންދާ ވޯކްޝޮޕެއް ކަމަށެވެ.

2 ދުވަހުގެ މުއްދަތަށް ކުރިއަސްގެންދާ މި ވޯކްޝޮޕްގެ ދަންފަޅިތައް ނަންގަވައިދެއްވަނީ އިސްލާމިކް މިނިސްޓްރީގެ ދީނީ ޢިލްމުވެރިންނެވެ.

މި ވޯކްޝޮޕުގައި 50 ޒުވާން ޚަޠީބުން ބައިވެރިވެފައިވާކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

އެކި ދަންފަޅިތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ވޯކްޝޮޕުގައި ތަފާތު މުހިއްމު މަޢުޟޫއުތަކަށް ދަންފަޅިތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެގޮތުން އަލިއަޅުވާލެވޭ މަޢުޟޫތަކުގެ ތެރޭގައި އިސްލާމީ އަޤީދާ، އިސްލާމްދީނާއި މިސްކިތްދެކެ ލޯބިވުން، ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރުން، ލީޑާޝިޕް އެންޑް މެނޭޖްމެންޓް އިން އިސްލާމް، ޙައްދުފަހަނައެޅުން، އިސްލާމީ ތާރީޚުން ހޮވާލެވިފައިވާ ބައެއް ލީޑަރުން، އިމޯޝަނަލް އިންޓެލިޖެންސް އިން ލީޑާޝިޕް، ރުޅި ކޮންޓްރޯލްކުރުމާއި ހެޔޮ ގޮތުގައި ވަގުތު ހޭދަކުރުން އަދި ސްޓްރެޓެޖިކް މެނޭޖްމެންޓް ފޯ ދަޢުވާ އެންޑް ލީޑަޝިޕް ހިމެނޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު