ސަރުކާރު ހަމަމަގުން ކައްސާލައިފި ކަމަށާއި، ކޮންމެ ޕާޓީއަކާއެކުވެސް ޢަދާލަތަށް މަސައްކަތް ކުރެވޭނެ ކަމަށް އެޕާޓީގެ ރައީސް އިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވެފައިވާއިރު، ޕީއެންސީގެ ސަރުކާރު ޒިންމާދާރު ކުރުވާ ޖަވާބުދާރީ ކުރުވަން އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތައް އެކުގައި މަސައްކަތް ކުރުމަށް ރައީސް ޔާމީން ވަނީ ދަޢުވަތު ދެއްވާފައެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވެފައިވަނީ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ސިޔާސީ ޕާޓީތަކުން ނުކުންނަން ޖެހޭ ކަމަށެވެ.
ހަމައެއާއެކު ރައީސް ޔާމީން ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރުވާ ޖަވާބުދާރީ ކުރުވަން އެމްޑީޕީއަށްވެސް ހިތްވަރު ދެއްވާ ކަމަށާއި އަދި އަދާލަތު ޕާޓީއާއި އެހެން ޕާޓީތަކަށްވެސް ޕީއެންއެފްއާ އެކު ސަރުކާރު ހަމަމަގަށް އަޅުވަން މސައްކަތް ކުރެވޭނެ ކަމަށެވެ.
"އެއީ ކޮންމެހެން ހިޔާލު އެއްގޮތްވެގެނެއް ނޫން. އެއީ ސަރުކާރު ޒިންމާކުރުވާ ޖަވާބުދާރީ ކުރުވަން ގާނޫނު އަސާސީން މަތިކުރަނީ ސިޔާސީ ޕާޓީތަކާ ކަމަށްވެސް ވުމުން." ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.
އެކަމާ ގުޅިގެން އިމްރާން މިއަދު ވިދާޅުވީ، ރައީސް ޔާމީން ވިދާޅުވި ފަދައިން ޕާޓީތަކަށް އޮތް ސިޔާސީ ޒިންމާ އަދާކުރުމަށްޓަކައި އަދާލަތު ޕާޓީ އެހެން ޕާޓީތަކާއެކު މަސައްކަތް ކުރުމުގައި ދެމިއޮންނާނެ ކަމަށެވެ.
"ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ޕީއެންއެފް އާއި އެމްޑީޕީ އަދި އެހެން ސިޔާސީ ޕާޓީ ތަކާއެކު އަދާލަތު ޕާޓީއަށް މަސައްކަތް ކުރެވޭނެ." އިމްރާން ވިދާޅުވިއެވެ.
އޭގެއިތުރުން ސަރުކާރު ޖަވާބުދާރީ ކުރުވަން އެއް ޕްލެޓްފޯމަކަށް އައުމުގެ މާނައަކީ ހުރިހާ ޕާޓީއެއްގެ ފަލްސަފާ އާއި ގަބޫލު ކުރާ ހަމަތައް އެކައްޗަކަށްވުން ނޫންކަން ޤަބޫލު ކުރަށްވާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
އަދި ކޮންމެ ސަރުކާރެއް އޮތަސް އިދިކޮޅުގައި ތިބޭ ޕާޓީތައް ސަރުކާރު ޓްރެކުން ކައްސާލާ ކަމަށްވާނަމަ އެވާހަކަ ދައްކަން ޖެހޭނެކަން އިމްރާން ފާހަގަ ކުރެއްވިއެވެ.
އިމްރާން މިހެން ވިދާޅުވެފައިވާއިރު އަދާލަތު ޕާޓީއަކީ 2015 އަހަރުން ފެށިގެން ރައީސް ޞާލިޙްގެ ވެރިކަން 2023 ގައި ނިމުމާ ހަމައަށް އެމްޑީޕީއާއެކު ސިޔާސީ މަސައްކަތް ކޮށްފައިވާ ޕާޓީއެކެވެ.

ކިޔުންތެރިންގެ ހިޔާލު