އެކި ނަންނަމުގައި ބިލުތައް ލައިގެން ފޭރިގަންނަމުން ދަނީ ރައްޔިތުންގެ އެންމެ އަސާސީ ހައްގުތައް ކަމަށް އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ވައްޑެ މިހެން ވިދާޅުވީ، އާދައިގެ ހީއަކަށް މީހުން ބަންދު ކުރަން ފަށައިފިނަމަ އެއީ ވަރަށް ބިރުބޮޑު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވުމާ ގުޅިގެން އެކަމަށް ބާރު ދެއްވުމުގެ ގޮތުންނެވެ. އިންތި އެމޭރުމުން ވާހަކަފުޅު ދެއްކެވީ، މަސްތުވާތަކެތީގެ މައްސަލައެއްގައި އިއްޔެ ޢުމުރަށް ޖަލަށްލި ޝަހީބު އިބްރާހިމް ފިލައިގެން އުޅުމަށް އެހީތެރިވެ ދިނުމުގެ ތުހުމަތުގައި އޭނާގެ އަންހެނުން ހައްޔަރުކުރުމަށްފަހު ބަންދުން ދޫކޮށްލުމާ ގުޅިގެންނެވެ.
އެގޮތުން އިންތި ވިދާޅުވީ، ވަކިއަތަކަށް ބުރަވެހުރެ، އެކަށިގެންވާ ހެކި ނެތި އާދައިގެ ހީއަކަށް ބިނާކޮށް މީހުން ހައްޔަރުކުރަން ފެށުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ.
އިންތިގެ ވާހަކަފުޅަށް ބާރު ދެއްވަމުން މަޖިލީހުގެ ކުރީގެ މެންބަރު ވައްޑެ ވިދާޅުވީ، މި ސަރުކާރުން ދަނީ އެކި ނަންނަމުގައި ބިލުތައް ލައިގެން ޤާނޫނުއަސާސީ 2 ވަނަ ބާބުގެ އެންމެ އަސާސީ ހައްގުތައް، ހައްގަކުން ހައްގަކުން ފޭރެމުން ކަމަށެވެ.
"ޚިޔާލުފާޅުކުރުން، ދުލާ ގަލަމުގެ މިނިވަންކަން، އެއްވެއުޅުން، ގޯތިގެދޮރުގެ ހުރުމަތް، ހައްޔަރުވާ ވަގުތުން ފެށިގެން ވަކީލެއް ލިބުން… އެތައް ހައްގެއް!" ވައްޑެ ވިދާޅުވިއެވެ.
ވައްޑެ މިހެން ވިދާޅުވެފައިވާއިރު، ޝަހީބުގެ އަންހެނުން ހައްޔަރުން ދޫކޮށްލުމަށްފަހު ފުލުހުން ބުނެފައިވަނީ، ޝަހީބު، ފުލުހުންނަށް ފިލައިގެން އުޅެން އެހީތެރިވެފައިވަނީ އޭނާގެ އަންހެނުން މ. ކަރާދުބުރިގެ އާއިޝަތު ވަހީދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އޭގެ އިތުރުން ދާދިފަހުން މަޖިލީހުން ފާސްކުރި މީޑިއާ ބިލުގެ ސަބަބުން ނޫސްވެރިކަމުގެ ޙައްޤުތަކެއް ހިފެހެއްޓިފައިވާ ކަމަށް ރާއްޖޭގެ ތަޖުރިބާކާރު ބައެއް ނޫސްވެރިންވެސް ވަނީ ވިދާޅުވެފައެވެ.

އެކި ނަން ނަމުގައި ބިލުތައް ލައިގެން ޤާނޫނުއަސާސީ 2 ވަނަ ބާބުގެ އެންމެ އަސާސީ ހައްގުތައް އެގެންދަނީ، ހައްގަކުން ހައްގަކުން ފޭރެމުން. ޚިޔާލުފާޅުކުރުން، ދުލާ ގަލަމުގެ މިނިވަންކަން، އެއްވެއުޅުން، ގޯތިގެދޮރުގެ ހުރުމަތް، ހައްޔަރުވާ ވަގުތުން ފެށިގެން ވަކީލެއް ލިބުން… އެތައް ހައްގެއް! https://t.co/Vac5JaRows
— Waddey (@waddey_) September 21, 2025
ވައްޑެ މިހެން ވިދާޅުވެފައިވާއިރު، ޝަހީބުގެ އަންހެނުން ހައްޔަރުން ދޫކޮށްލުމަށްފަހު ފުލުހުން ބުނެފައިވަނީ، ޝަހީބު، ފުލުހުންނަށް ފިލައިގެން އުޅެން އެހީތެރިވެފައިވަނީ އޭނާގެ އަންހެނުން މ. ކަރާދުބުރިގެ އާއިޝަތު ވަހީދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އޭގެ އިތުރުން ދާދިފަހުން މަޖިލީހުން ފާސްކުރި މީޑިއާ ބިލުގެ ސަބަބުން ނޫސްވެރިކަމުގެ ޙައްޤުތަކެއް ހިފެހެއްޓިފައިވާ ކަމަށް ރާއްޖޭގެ ތަޖުރިބާކާރު ބައެއް ނޫސްވެރިންވެސް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު