ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ
ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ
މިސަރުކާރުން ވެރިކަމަށް އަންނަންވެސް ހެދީ ދޮގު ކަމަށާއި، މިހާރުވެސް ޖައްސަނީ ދޮގު ސްކޭމް ކަމަށް ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޙުސައިން މިހެން ވިދާޅުވީ، މީޑިއާ ރެގިއުލޭޓް ކުރުމުގެ ޤާނޫނު ސޯޝަލް މީޑިއާއަށް ނުހިނގާނެ ކަމަށް ނުހިނގާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

އެގޮތުން ޙުސައިން ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ވެރިކަމަށް އައުމަށްވެސް އިތުރުފުޅު ހެއްދެވި ކަމަށާއި، ޚާއްސަކޮށް އިންޑިޔާގެ ނަން ބޭނުންކޮށްގެން ސާބިތު ނުހިފޭ ވާހަކަ ދެއްކެވި ކަމަށެވެ. އަދި މިހާރުވެސް ޖައްސަނީ ދޮގު ސްކޭމް ކަމަށް ޙުސައިން ވިދާޅުވިއެވެ.

"މިހާރު ހުންނެވި ޚުދުމުޚުތާރު ވެރިޔާ ވެރިކަމަށް އައުމަށްވެސް ހެދީ ފިތުނަޔާ ދޮގު. އިންޑިޔާ ކިޔައިގެން ދޮގާ ފިތުނަ. ވެރިކަމަށް އައިސްފަވެސް ރައްޔިތުން ކާރީ ދޮގު ވައުދާ ސްކޭމް ޖެެއްސީ. އަދިވެސް ހަމަ އެމަގުން ދާނީ." ޙުސައިން ވިދާޅުވެފައިވެއެވެ.

ޙުސައިން މިހެން ވިދާޅުވެފައިވާއިރު، ބުރާސްފަތި ދުވަހު ވ. ފުލިދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މީޑިއާ ގާނޫނުގެ ދަށުން ސޯޝަލް މީޑިއާ ބޭން ކުރާނެ ކަމަށް ބުނެ ވާހަކަ ދައްކަނީ ފިތުނަ ފަސާދަ އުފައްދަން ކަމަށެވެ.

"ހަމަ ހަގީގަތެއް ނުބަލައި، ސޯޝަލް މީޑިއާ ވެސް ބޭން ކުރަނީއޭ، އާންމު ރައްޔިތުންގެ ސޯޝަލް މީޑިއާ އެކައުންޓުތައް ވެސް މީގެ ތެރެއިން ތަޅު އެޅުވިގެންދަނީއޭ، ބަންދު ކުރަނީއޭ ކިޔައިގެންވެސް ފިތުނަ ފަސާދަ އުފެއްދުމުގައި." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު މީޑިއާ ގާނޫނުގައި ވަނީ ގާނޫނުގައި ނޫހާ ގުޅޭ ގޮތުން ހުރި އުސޫލުތައް އިލެކްޓްރޯނިކް މީޑިއާއަށް ވެސް ހިނގާނެ ކަމަށެވެ. އަދި އިލެކްޓްރޯނިކް މީޑިއާއަކީ އިންޓަނެޓު ހިމެނޭ ގޮތަށް ޑިޖިޓަލް ނުވަތަ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރި ކޮށްގެން ހަބަރާއި، މައުލޫމާތު ފަތުރާ ވަސީލަތްތައް ކަމަށްވެސް ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު