ހުރިހާ ރަށެއްގައި އެއާޕޯޓާއި މަސްފެކްޓަރީ އެޅީމާ ޤައުމު އިނދަ ޖެހުނަސް ވޯޓުލިބޭނެ ކަމަށް މަޝްހޫރު އިޤްތިޞާދީ މާހިރު މުޙައްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.
ނަސީމް މިހެން ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އަތޮޅުތަކަށް ކުރަށްވަމުންދާ ދަތުރުފުޅުގައި ގިނަ މަޝްރޫޢުތަކެއް ފައްޓަވައި ދެއްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.
އެގޮތުން ނަސީމް ވިދާޅުވީ، ސަރުކާރުން އަލަށް ފަށާ ބައެއް މަޝްރޫޢުތަކާމެދު އެހެންމީހެއްގެ ސިކުނޑިން ނުވިސްނައި އަމިއްލަ ބުއްދިން ވިސްނުމުން ތަފާތު ޖަވާބެއް ލިބޭ ކަމަށެވެ. އެގޮތުން އެކަމުގެ ސަބަބުން ޤައުމު އިނދަ ޖެހުނަސް ވޯޓު ލިބޭނެ ކަމަށް ނަސީމް ވިދާޅުވެފައިވެއެވެ.
"ހިތަށްއަރަނީ ހުރިހައި ރަށެއްގަ އެއާޕޯޓުއަޅައި މަސްފެކްޓަރީ އެޅީމަ ދެންވާނީ ކިހިނެއްބާއޭ. ޖަވާބަކީ ގައުމު އިނދަ ޖެހޭނޭ. އެކަމަކު ވޯޓު ލިބޭނޭ. ތަނެއް ފެޅުމަކީ ވެސް ކާމިޔާބީއެއް! ޗެލެންޖެއް!" ނަސީމް ވިދާޅުވިއެވެ.
ނަސީމް މިހެން ވިދާޅުވެފައިވާއިރު، ރައީސް ޑރ. މުޢިއްޒު މިހާރު ފ. އަތޮޅަށް ކުރަށްވާ ދަތުރުފުޅުގައި ފ. ނިލަންދޫގައި ގާއިމްކުރާ ދަޅުމަސް ބަންދުކުރާ ކާރުހާނާ އެޅުމަށް ބިން ހިއްކުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ވަނީ ސޮއި ކުރަށްވާފައެވެ.
ހަމައެއާއެކު ގިނަވަގެން 1 އަހަރު ދުވަހުގެ ތެރޭގައި ފ.މަގޫދޫ އެއަރޕޯޓްގެ މަސައްކަތް ނިންމައި ޚިދުމަތަށް ގެންނަވާނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު، ނިލަންދޫގައި ޤާއިމްކުރާ އެއަރޕޯޓު ތަރައްޤީކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާ ރައީސްގެ ދަތުރުފުޅުގައި ވަނީ ހަވާލުކޮށްފިއެވެ.

އެހެންމީހެއްގެ ސިކުނޑިން ނުވިސްނައި އަމިއްލަ ބުއްދިން ވިސްނީމަ ހިތަށްއަރަނީ ހުރިހައިރަށެއްގަ އެއާޕޯޓުއަޅައި މަސްފެކްޓަރީއެޅީމަ ދެންވާނީ ކިހިނެއްބާއޭ. ޖަވާބަކީ ގައުމު އިނދަޖެހޭނޭ އެކަމަކު ވޯޓުލިބޭނޭ. ތަނެއް ފެޅުމަކީ ވެސް ކާމިޔާބީއެއް! ޗެލެންޖެއް! ދީ? https://t.co/tOUjaPo2Bx
— NafaNaseem (@monasibnaseem) September 21, 2025
ނަސީމް މިހެން ވިދާޅުވެފައިވާއިރު، ރައީސް ޑރ. މުޢިއްޒު މިހާރު ފ. އަތޮޅަށް ކުރަށްވާ ދަތުރުފުޅުގައި ފ. ނިލަންދޫގައި ގާއިމްކުރާ ދަޅުމަސް ބަންދުކުރާ ކާރުހާނާ އެޅުމަށް ބިން ހިއްކުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ވަނީ ސޮއި ކުރަށްވާފައެވެ.
ހަމައެއާއެކު ގިނަވަގެން 1 އަހަރު ދުވަހުގެ ތެރޭގައި ފ.މަގޫދޫ އެއަރޕޯޓްގެ މަސައްކަތް ނިންމައި ޚިދުމަތަށް ގެންނަވާނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު، ނިލަންދޫގައި ޤާއިމްކުރާ އެއަރޕޯޓު ތަރައްޤީކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާ ރައީސްގެ ދަތުރުފުޅުގައި ވަނީ ހަވާލުކޮށްފިއެވެ.
ކިޔުންތެރިންގެ ހިޔާލު