ފާއިތުވި އޮގަސްޓު މަހު އެކަނިވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މުޅިން އަލަށް 125 ފަރާތަކުން ރަޖިސްޓްރީވެފައިވާ ކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާއިން ނެރެފައިވާ ތަފާސްހިސާބަށް ބަލާއިރު އޮގަސްޓު މަސް ނިމުނުއިރު ނުކުޅެދުންތެރިކަމުގެ ދަފްތަރުގައި 14،673 މީހަކު ރަޖިސްޓްރީކޮށްފައިވާކަމަށް ދައްކައެވެ. އޭގެ ތެރެއިން 125 މީހުންނަކީ މުޅިން އަލަށް ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުން ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންގެ ތެރެއިން 14،492 މީހުންނަށް މާލީ އެހީތެރިކަން މިދިޔަ މަހު ފޯރުކޮށްދިން ކަމަށް އެންސްޕާއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން މާލީ އެހީގެ ގޮތުގައި 52.6 މިލިއަން ރުފިޔާ ހޭދަވިކަމަށް ތަފާސް ހިސާބުތަކުން ހާމަވެއެވެ.
އެންސްޕާއިން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ނުކުޅެދުންތެރިކަމުގެ ދަފްތަރުގައި އެންމެގިނައީ ފިރިހެނުންނެވެ. ނުކުޅެދުންތެރިކަން ހުންނަ ފިރިހެނުންގެ އަދަދު 8،350 ގައި އުޅޭއިރު އަންހެނުންގެ އަދަދަކީ 6،143 އެވެ.
މި ދަފްތަރަށް ބަލާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުން އެންމެގިނަ އުމުރުފުރާއަކީ އަދިވެސް 18 އަހަރާއި 64 އަހަރާ ދެމެދުއެވެ. މި ލިސްޓްގައި 18 އަހަރުން ދަށުގެ 4،916 ކުދިން ތިބިއިރު، 65 އަހަރުން މަތީގެ މީހުންގެ އަދަދަކީ 2،285 އެވެ.
ދައުލަތުގެ މިއަހަރުގެ ބަޖެޓަށް ބަލާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެލަވަންސްގެ ގޮތުގައި 634.3 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު