މަޖިލިސް ރައީސްކަމާއި ޕީއެންސީގެ ޕީޖީ ލީޑަރަށް ބަލާލިޔަސް އަމިއްލަ ސިކުނޑިން ވިސްނާކަން އެނގޭ ކަމަށް ވިދާޅުވެ އުނގޫފާރު ދާއިރާގެ ކުުރީގެ މެންބަރު މުޙައްމަދު ވަޙީދު (ފައިނު ވައްޑޭ) ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ފާޑު ވިދާޅުވެއްޖެއެވެ.
ވައްޑެ މިމޭރުމުން ރައީސް މުޢިއްޒަށް ފާޑު ވިދާޅުވެފައިވާއިރު، ސަރުކާރުން ކިތަންމެ ވަރަކަށް ތަރައްޤީގެ މަޝްރޫޢުތައް ހިންގި ނަމަވެސް ރައްޔިތުން އަމިއްލަ ސިކުނޑިން ނުވިސްނާނަމަ މަޝްރޫޢުތަކުގެ ޙަގީގީ ބޭނުމެއް ނުފެންނަ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ރައީސް ޑރ. މުޢިއްޒުގެ ވީޑީއޯ ކޮޅެއް ޙިއްސާ ކުރަށްވަމުން ވައްޑެ ވަނީ، "ސިކުނޑިން ވިސްނުން މަޖިލިސް މެމްބަރުންނަށްވެސް މަނާކޮށް، އެންމެ އިލްމީ މީހުން ބަލައިގެން މަޖިލިސް ރައީސްކަމާ ޕީޖީ ލީޑަރުކަމާ ކޮމިޓީ މުޤައްރިރުން ލައިގެން ހުރި މީހާ!" ކަމަށް ވިދާޅުވެ ފާޑު ވިދާޅުވެފައެވެ.
ވައްޑެ ޙިއްސާ ކުރެއްވި ވީޑީއޯގައި ބުނެފައިވަނީ، މީހަކު ދައްކާހާ ވާހަކައެއް ޤަބޫލުކުރަން ނުޖެހޭ ކަމަށާއި، އަމިއްލަ ބުއްދިން ވިސްނައި ފިކުރު ކުރަން ޖެހޭ ކަމަށެވެ. އަދި ބުއްދި އަމިއްލައަށް ބޭނުން ނުކުރަން އުޅޭ ސަބަބާމެދު ސުވާލު އުފައްދާފައިވެއެވެ.
"ހޮސްޕިޓަލާއި، ސްކޫލާއި، ބިން ހިއްކުމާއި، އެތައް ކަމެއް ކުރެވިދާނެ. އެކަމަކު ސިކުނޑިއެއް ތަރައްގީއެއް ނުއެއްވޭ. މި ޖެހެނީ އަނެއް މީހާގެ ސިކުނޑިން ވިސްނަން." ވައްޑެ ޙިއްސާކުރެއްވި ވީޑިއޯގައި ވަނީ ބުނެފައެވެ.
ވައްޑެ މިހެން ވިދާޅުވެފައިވާއިރު ދާދިފަހުން ރައީސް ތަސްދީޤު ކުރެއްވި މީޑިއާ ޤާނޫނު ގިނަ ނޫސްވެރިން އަމިއްލައަށް ކިޔާފައިވާކަމަށް ޤަބޫލު ނުކުރެވޭ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ސިކުނޑިން ވިސްނުން މަޖިލިސް މެމްބަރުންނަށްވެސް މަނާކޮށް، އެންމެ އިލްމީ މީހުން ބަލައިގެން މަޖިލިސް ރައީސްކަމާ ޕީޖީ ލީޑަރުކަމާ ކޮމިޓީ މުޤައްރިރުން ލައިގެން ހުރި މީހާ! https://t.co/xPC2Ljx2HZ
— Waddey (@waddey_) September 20, 2025
"ހޮސްޕިޓަލާއި، ސްކޫލާއި، ބިން ހިއްކުމާއި، އެތައް ކަމެއް ކުރެވިދާނެ. އެކަމަކު ސިކުނޑިއެއް ތަރައްގީއެއް ނުއެއްވޭ. މި ޖެހެނީ އަނެއް މީހާގެ ސިކުނޑިން ވިސްނަން." ވައްޑެ ޙިއްސާކުރެއްވި ވީޑިއޯގައި ވަނީ ބުނެފައެވެ.
ވައްޑެ މިހެން ވިދާޅުވެފައިވާއިރު ދާދިފަހުން ރައީސް ތަސްދީޤު ކުރެއްވި މީޑިއާ ޤާނޫނު ގިނަ ނޫސްވެރިން އަމިއްލައަށް ކިޔާފައިވާކަމަށް ޤަބޫލު ނުކުރެވޭ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު