މަޝްހޫރު އިޤްތިޞާދީ މާހިރު، މުޙައްމަދު ނަސީމް (ނަފާ ނަސީމް)
މަޝްހޫރު އިޤްތިޞާދީ މާހިރު، މުޙައްމަދު ނަސީމް (ނަފާ ނަސީމް)
ރައްޔިތުންނަށް ފެންނަނީ އެކި ތުހުމަތުކޮށް ވަކިކުރާ މީހުންނަށް އަނެއްދުވަހު މަތީ މަގާމުދޭތަން ކަމަށް މަޝްހޫރު އިޤްތިޞާދީ މާހިރު، މުޙައްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.

ނަސީމް މިހެން ވިދާޅުވީ، ޤާނޫނުތައް ތަންފީޒު ކުރަމުންދާނީ ވަކި މީހަކަށް ބެލުމެއް ނެތިކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެންނެވެ. އެގޮތުން މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ކަންކަން ޙައްލު ކުރުމަށް ކަމަށާއި އެ މަސައްކަތް ކުރަނީ އިޚުލާސްތެރިކަމާއެކު ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅާ ގުޅިގެން ނަސީމް ވިދާޅުވީ، އެއްވެސް މީހަކު ޕޯޑިއަމް އާއި ޝަރިއަތުގައި، ވައްކަންކުރި ކަމަށާއި ދޮގުހަދައި ރިޝްވަތު ނަގާކަމަށް ނުބުނާނެ ކަމަށެވެ.

"އެކަމަކު ރައްޔިތުންނަށް ފެނޭ ވެރިންނާ ސިޔާސީން ތަފާތު ތުހުމަތުގައި އެއްދުވަހު ވަކިކުރާތަނާ އަނެއްދުވަހު އެއަށްވުރެ މަތީމަގާމު ދޭތަން. އެމީހުނާމެދު ތަހުގީގެއް ޝަރީއަތެއްވެސް ނުހިނގާ. ހަގީގަތް ދީ!" ނަސީމް ވިދާޅުވިއެވެ.

ނަސީމް މިހެން ވިދާޅުވި ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، މި ސަރުކާރުން ކުރަމުންދަނީ ޤާނޫނުގެ ވެރިކަމެއް ކަމަށާއި، ދިވެހި ހުރިހާ ރައްޔިތުންވެސް ސަރުކާރުގެ ކުރިމަތީގައި ވާޞީ ހަމަހަމަ ކަމަށެވެ. އަދި ޤާނޫނުވެސް ހިނގަންވާނީ ހުރިހާ ރައްޔިތުންނަށް ހަމަހަމަކޮށް ތަންފީޒުވާގޮތަށް ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު