ދީނުގައި ކަންތައް އޮންނަ ގޮތަށް ޢިލްމުވެރިން ބަސް ވިދާޅުނުވުމަކީ ޢިލްމު ފޮރުވުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވީ، މަޝްހޫރު އިލްމުވެރިޔާ ޝައިހް މުހައްމަދު ލަތީފް މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖަކަށް ރައްދު ދެއްވަމުންނެވެ. އެގޮތުން ޑރ. ޖަމީލް ވިދާޅުވީ، ޙަދީސްގައި އޮންނަނީ، ޙައްގުގޮތް ޚިޔާރު ކުރުމާއި ކިތައްމެ ގާތް މީހަކުގެ ޙައްގުގައިވެސް ގޯސްތަކުގައި ވަކާލާތު ނުކުރުމަށް ކަމަށެވެ.
ރައީސް ޑރ. މުއިއްޒަކީ ޝެއިޚު ލަތީފުގެ ޅިޔަނެއްކަން ފާހަގަ ކުރަށްވަމުން ޑރ. ޖަމީލް ވިދާޅުވީ، އެހެން ބަޔަކު ވެރިކަމުގައި ތިބިއިރު ޝައިޚް ބަސް ވިދާޅުވި ސަބަބާމެދު މިހާރު ޢަމަލު ކުރަށްވާގޮތުން ސުވާލު އުފެދޭ ކަމަށެވެ.
"އެހެން ބަޔަކު ވެރިކަމުގައި ތިބިއިރު ބަސް ވިދާޅުވީ ޙަސަދައިން ކަމަށް މިއަދު ތިޔަ ބަސްފުޅުން މާނަ ނަގަންވީތޯ؟ ނުވަތަ މިއަދު ކަންހިނގާ ގޮތާމެދު ދީނުގައި އޮތްގޮތް ވަންހަނާ ކުރަނީތޯ؟" ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.
ޑރ. ޖަމީލް ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ކޮރަޕްޝަނާއި ރިޝްވަތު އެބަ ހިނގާ ކަމަށެވެ. އަދި ކެމްޕޭންގައި ރައީސް ޔާމީނުގެ ހުސްގޮނޑި ދައްކައިގެން ވަޢުދުވި ކަމަށާއި، އެހެންކަމުން އެއީ ދީނީ ގޮތުން ބަލާއިރު ފުއްދަންޖެހޭ އަމާނާތެއް ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
"މިސަރުކާރުން ވ. އަނިޔާ އެބަކުރޭ. ގާނޫނުތަކުން ދުލާ ގަލަމުގެ ޙައްގު ނިގުޅައިގަތުމާ، ރައްޔިތުންގެ ވެރިކަމުގެ ބާރުތައް ނެގުމާ، މީހުންގެ މެދުގައި ތަފާތު ކުރުމާ، ސިޔާސީގޮތުން މަގާމުތަައް ދީ ނާޖާއިޒު ފައިދާނެގުމާ، ބައިތުލް މާލުގެ ބާރު ވެރިމީހާ ނެގުން. އެއީ ބަސް ބުނަން ޖެހޭ ކަންތައް." ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.
އޭގެއިތުރުން މިސަރުކާރުން ވަނީ ސަމޯއާ އެއްބަސްވުމުގައި ސޮއިކޮށްފައި ކަމަށާއި، ކުރިން ރަނގަޅުނުވި ޔޯގާ ދުވަސްވެސް ފާހަގަކޮށް އެތައް ނުރަނގަޅު ކަމެއް ކޮށްފައިވާ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
"މިކަންތައް ހިނގާއިރު ދީނުގައި ކަންތައް އޮންނަގޮތަށް ޢިލްމުވެރިން ބަސްވިދާޅު ނުވުމަކީ ޢިލްމު ފޮރުވުން." ޙަދީސުން ދަލީލު ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވިއެވެ.
އޭގެ އިތުރުން ޑރ. ޖަމީލް ވިދާޅުވީ، މީގެކުރީގެ ވެރިކަންތަކުގައި ގޯސްކަމަށް ބުނި ކަންތައް މިއަދުވެސް ހިނގާއިރު އަދި ފެންނަ ގޯސްތަކަށް ބަސް ވިދާޅުނުވެވޭނަމަ ދިވެހި ގައުމުގެ ޒުވާން ޖީލު ދީނާމެދު ދެކޭނެ ގޮތާއި މެދު ކަންބޮޑުވާ ކަމަށެވެ.

ޙަދީޘްގައިވަނީ لو ان فاطمة بنت محمد سرقة لقطع محمد يدها
— Mohamed Jameel Ahmed (@MJameelAhmed) September 21, 2025
ޙައްގު ގޮތް ޚިޔާރުކުރުމާއި ކިތައްމެ ގާތް މީހަކުގެ ޙައްގުގައިވެސް ގޯސްތަކުގައި ވަކާލާތު ނުކުރުން ދީނުގައި އޮންނަނީ.
މުއިއްޒުގެ؛
ސަރުކާރުގައި ކޮރަޕްޝަނާއި ރިޝްވަތު އެބަ ހިނގާ.
ރ. ޔާމީނުގެ ހުސްގޮނޑި ދެއްކި. އެވައުދުތައްވި،… https://t.co/6KPHeliCUL
ޑރ. ޖަމީލް ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ކޮރަޕްޝަނާއި ރިޝްވަތު އެބަ ހިނގާ ކަމަށެވެ. އަދި ކެމްޕޭންގައި ރައީސް ޔާމީނުގެ ހުސްގޮނޑި ދައްކައިގެން ވަޢުދުވި ކަމަށާއި، އެހެންކަމުން އެއީ ދީނީ ގޮތުން ބަލާއިރު ފުއްދަންޖެހޭ އަމާނާތެއް ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
"މިސަރުކާރުން ވ. އަނިޔާ އެބަކުރޭ. ގާނޫނުތަކުން ދުލާ ގަލަމުގެ ޙައްގު ނިގުޅައިގަތުމާ، ރައްޔިތުންގެ ވެރިކަމުގެ ބާރުތައް ނެގުމާ، މީހުންގެ މެދުގައި ތަފާތު ކުރުމާ، ސިޔާސީގޮތުން މަގާމުތަައް ދީ ނާޖާއިޒު ފައިދާނެގުމާ، ބައިތުލް މާލުގެ ބާރު ވެރިމީހާ ނެގުން. އެއީ ބަސް ބުނަން ޖެހޭ ކަންތައް." ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.
އޭގެއިތުރުން މިސަރުކާރުން ވަނީ ސަމޯއާ އެއްބަސްވުމުގައި ސޮއިކޮށްފައި ކަމަށާއި، ކުރިން ރަނގަޅުނުވި ޔޯގާ ދުވަސްވެސް ފާހަގަކޮށް އެތައް ނުރަނގަޅު ކަމެއް ކޮށްފައިވާ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
"މިކަންތައް ހިނގާއިރު ދީނުގައި ކަންތައް އޮންނަގޮތަށް ޢިލްމުވެރިން ބަސްވިދާޅު ނުވުމަކީ ޢިލްމު ފޮރުވުން." ޙަދީސުން ދަލީލު ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވިއެވެ.
އޭގެ އިތުރުން ޑރ. ޖަމީލް ވިދާޅުވީ، މީގެކުރީގެ ވެރިކަންތަކުގައި ގޯސްކަމަށް ބުނި ކަންތައް މިއަދުވެސް ހިނގާއިރު އަދި ފެންނަ ގޯސްތަކަށް ބަސް ވިދާޅުނުވެވޭނަމަ ދިވެހި ގައުމުގެ ޒުވާން ޖީލު ދީނާމެދު ދެކޭނެ ގޮތާއި މެދު ކަންބޮޑުވާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު