އިމްޕޯޓަށް ބަރޯސާވާ ގައުމެއްގައި ބޭރުފައިސާގެ އަގު އުފުލިގެން ދިއުމުން އިމްޕޯޓުކުރާ މުދަލުގެ އަގު އުފުލޭނެ ކަމަށް ކުރީގެ ބަންޑާރަ ނާއިބު ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވެއްޖެއެވެ.
ސަވާދު މިހެން ވިދާޅުވީ ސަރުކާރުން ބައެއް ވިޔަފާރިތަކަށް ވަންނަން ޖެހެނީ، ވިޔަފާރިވެރިން ސިޔާސީ ބޭނުމެއްގައި، ރާވައިގެން، ގަސްތުގައި ރައްޔިތުންނަށް ދެރަދޭތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.
"ސިޔާސީ ބޭނުމެއްގަ، އޯގަނައިޒްޑް ގޮތެއްގަ، ގަސްތުގަ ބަޔަކު ރައްޔިތުންނަށް ދެރަ ދިނުމަށްޓަކައި ބައެއް ކަންތައްތައް އެބަ ކުރެއޭ." ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ސަވާދު ވިދާޅުވީ އިމްޕޯޓަށް ބަރޯސާވާ ޤައުމެއްގައި ބޭރުފައިސާގެ އަގު އުފުލުމުން އިމްޕޯޓު މުދަލުގެ އަގު އުފުލޭނެ ކަމަށެވެ.
އަދި ހަމައެއާއެކު ބޭރުން ގަސްކާނާ އެތެރެކޮށް ހައްދާ ކޮޕީ ފަތާ ގިތެޔޮ މިރުހުގެ އަގުވެސް އުފުލޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން އާފަލާ އޮރެންޖު އަގުހެޔޮ ނުވަނީ ވިޔަފާރިވެރިން ގަސްދުގައި 'ސިޔާސީ' ވެގެންނޭ ބުނުމަކުން އެއީ ތެދަކަށް ނުވާނެކަމަށް ސަވާދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު