ޤައުމުގެ އާމްދަނީ އިތުރުވިނަމަވެސް ރައްޔިތުންގެ ޖީބަށް ވަންނަންޖެހޭ ފައިސާ ވަންނަތަނެއް ނޭނގޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ޝޯ އެއްގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ ރައްޔިތުންނަށް ކުރީގަ ލިބޭވަރަކަށް އާމްދަނީ ނުލިބޭކަމަށާއި، ތަކެތީގެ އަގުވެސް އުފުލިފައިވާކަމަށެވެ. މިކަން މިހެން އޮތް އިރު، މި ސަރުކާރު ސަރުކާރެއް ކަމަށްވެސް ރައްޔިތުން މިހާރު ބަލައިނުގަަންނަ ކަަމަށް ބޮންޑޭ ފާހަގަކުރެއްވިއެވެ، ބޮންޑޭ ވިދާޅުވީ މި ސަރުކާރު ހިންގަނީ ސަރުކާރުތައް ހިންގަންވާ ގޮތަށް ނުންކަމަށާއި، ސަރުކާރުތައް ހިންގަނީ ސިޔާސަތަކާއެއްކޮށް އައިސް ރައްޔިތުންގެ ޖީބަށް ފައިސާ ވަންނަ ގޮތަށް ކަމަށެވެ.
ބޮންޑޭ ވިދާޅުވީ 2008 ކުން ފެށިގެން މިހާތަނަށް ފެހި ގާނޫނު އަސާސީ އިން ރައްޔިތުންނަށްޓަކައި ވެރިކަންތަކެއް އައި އިރު، ކުރީގަ އެކަނިވެރި މައިންނަށް ލިބުނު 2000 ރުފިޔާއިން 150 ޑޮލަރު ގަނެވޭއިރު، މިހާރު އެ 2000 ރުފިޔާ ލިބޭ އެކަނިވެރި މަޔަށް ގަނެވޭނީ 100 ޑޮލަރުކަމަށާއި، އަދި 5000 ރުފިޔާ ލިބޭ ދޮށީ އުމުރު މީހާއަށް މިހާރު ގަނެވޭނީ 250 ޑޮލަރު ކަމަށެވެ.
"އޭރު ލިބުނު 2000 ރުފިޔާ، އެޔަށް ލިބޭނެ 150 ޑޮލަރު. އޭރުގަ މިހާރު 2000 ރުފިޔާ ލިބޭ އެކަނި ވެރިޔާ އަށް ލިބޭނީ 100 ޑޮލަރު. 5000 ރުފިޔާ ލިބުނު ދޮށީ އުމުރުގެ މީހާއަށް މިހާރު ލިބޭނީ 250 ޑޮލަރު،" ބޮންޑޭ ވިދާޅުވިއެވެ.
އަދި އޭރާ މިހާރާ ބަލާއިރު ގައުމުގެ އާމްދަނީ ބޮޑުތަނުން އިތުރުވިނަމަވެސް ރައްޔިތުންގެ ޖީބަށް ވަންނަ އެއްޗެއް ދަނީ ހައްތާވެސް ދަށަށް ކަމަށް ބޮންޑޭ ފާހަގަކުރެއްވިއެވެ.
"ގައުމުގެ އާމްދަނީ އިންތިހާއަށް އިތުރުވެއްޖެ. އޭރުގަ، 2008 ގަ ދިވެހިރާއްޖޭގެ އުފެންދުންތެރިކަން، ޖީޑީޕީ، އާބާދީގެ ބޮލަކަށް ޖެހޭވަރު ބަލައިފިއްޔާ، 6500 ޑޮލަރުގަ ހުރީ އާމްދަނީގެ ނިސްބަތުން. މިހާރު ދުނިޔޭގެ މާލީ އިދާރާތަކުގެ ހިސާބަށް ބަލާއިރު 18000 ޑޮލަރު، އެހެނިހެން ގޮތްގޮތައް ބަލާއިރު 24000 ޑޮލަރު އެބަޖެހޭ އާބާދީގެ ރައްޔިތުންގެ ބޮލަކަށް. އެހެންނަމަވެސް ރައްޔިތުންވީ ފަގީރު،" ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ ޤައުމުގެ އާމްދަނީ އިންތިހާއަށް އިތުރުވިނަމަވެސް ރައްޔިތުން ފަގީރު ވާންވީ ސަބަބު ދެނެގަންނަން ޖެހޭކަމަށެވެ. އަދި މިގައުމަށް ވަންނަހާ ޑޮލަރެއް ރައްޔިތުންގެ ޖީބަށް ނުވަދެ ވަންނަނީ ކޮންތާކަށްކަމާ ބެހޭގޮތުން ސުވާލު އުފައްދަން ޖެހޭކަމަށް ބޮންޑޭ ވިދާޅުވިއެވެ.
"ހަގީގަތުގައި ވެގެން އުޅޭ ގޮތަކީ ދިވެހިރާއްޖެއަށް ވަންނަ އާމްދަނީ މުއްސަނދިންނާއި ފަގީރުންނާއި ފަރަގު ކުޑަ ވާގޮތަކަށް ނޫން އޮންނަނީ ބަޖެޓު ހެދިފަ ދައުލަތުގެ. އަދި އަމުދުން މިސަރުކާރުގަ، ބަޖެޓެއް ނުވެސް ނެތް. ހަގީގަތުގަ އަދަދެއް ޖަހައިގެން ގެނެސްފަ ފާސްކުރި ސިޔާސަތެއް ވެސް ނެތް،" ބޮންޑޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު