ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމް ނުކުރެވޭނަމަ އިންސާފެއް ނުލިބޭނެ ކަމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވެއްޖެއެވެ.
އައްބާސް މިހެން ވިދާޅުވީ އެމެރިކާގެ ނިއު ޔޯކު ސިޓީގައި މިހާރު ކުރިއަށްދާ އދ ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުންނެވެ. އެމެރިކާއިން ވިސާ ދިނުމަށް އިންކާރުކުރުމުން އައްބާސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ވީޑިއޯ މެދުވެރިކޮށެވެ.
އައްބާސްގެ ވާހަަކަފުޅުގައި ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ކުރިމަތިކޮށްފައިވަނީ ނަސްލު ނައްތާލުމާއި، އަނިޔާވެރިކަމާއި، ބަނޑުހައިހޫނުކަމާއި، ގެދޮރު ދޫކުރުމަށް މަޖުބޫރުކޮށްފައިވާ ހަނގުރާމައެއް ކަމަށެވެ.
ކުރު ނަމަވެސް އަޒުމު ވަރުގަދަ ތަގުރީރެއްގައި އައްބާސް ވަނީ އިސްރާއީލާ އެކު ހުޅަނގު އައްސޭރިއާއި ޣައްޒާގައި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް އެ މަނިކުފާނުގެ ކުރިއަށް އޮތް ތަސައްވުރު ހާމަކުރައްވާފައެވެ.
އައްބާސް ވިދާޅުވީ އޮކްޓޫބަރު 7، 2023 އިން ފެށިގެން މި ހިސާބަށް އިޒްރޭލުން ޝަހީދުކޮށް އަދި ޒަހަމްކުރި ފަލަސްތީނު ރައްޔިތުންގެ އަދަދު 220،00 އަށް ވުރެ ގިނަ ކަމަށެވެ. ޣައްޒާގެ 80 ޕަސެންޓަށްވުރެ ގިނަ ގެތަކާއި ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ފައްޅިތަކާއި މިސްކިތްތަކާއި އެހެނިހެން އިންފްރާސްޓްރަކްޗާ ސުންނާފަތިކޮށްފައިވާ ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.
އިޒްރޭލަށް ބިން އިތުރު ކުރުމަށް "ގްރޭޓާ އިޒްރޭލް" ސްޓްރެޓެޖީގެ ދަށުން ހުޅަނގު އައްސޭރި ބައިކޮށް، ގުދުސް އެކަހެރިކޮށް، ދެ ދައުލަތް ގާއިމް ކުރުމަށް ހުރަސްއެޅޭ ގޮތަށް އިޒްރޭލުން އަމަލުކުރަމުންދާ ކަމަށް އައްބާސް ވަނީ ވިދާޅުވެފައެވެ.
އިޒްރޭލަށް ހަމާސް އިން އޮކްޓޫބަރު 7 ގައި ދިން ހަމަލާ ކުށްވެރިކުރައްވަމުން އައްބާސް ވިދާޅުވީ އެއީ އިޒްރޭލުގެ އާންމުންނަށް ދިން ހަމަލާއެއް ކަމަށާއި އެއީ ފަލަސްތީނު ރައްޔިތުން މިނިވަންކަމަށް ކުރާ ޖިހާދުގެ ރޫހު ތަމްސީލުވާ އަމަލެއް ނޫން ކަމަށެވެ.
އަދި ޣައްޒާ އަކީ ފަލަސްތީނުގެ ދައުލަތުގެ ބައެއް ކަމަށާއި އެހެންވެ ހަމާސްގެ ބައިވެރިވުމެއް ނެތް ގޮތުގައި ޣައްޒާގައި ފަލަސްތީނުގެ ބާރު އޮންނާނެ ގޮތަށް މަސައްކަތް ފަށަން ތައްޔާރު ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ ބޭނުމީ ހަތިޔާރުއެޅި ދައުލަތެއް ނޫން ކަމަށާއި، ޒަމާނީ، ޑިމޮކްރެޓިކް އަދި ގާނޫނުގެ ވެރިކަން އޮންނަ އިންސާނީ ހައްގުތަކަށް ކަމޭހިތާ، އަންހެނުންނާއި ޒުވާނުންގެ ހައްގުތައް ލިބިދޭ ފަލަސްތީނުގެ މިނިވަން ދައުލަތެއް ކަމަށެވެ.
މުޅި ޣައްޒާ ހަނގުރާމައިގައި ފަލަސްތީނާ އެއްކޮޅަށް ތެދުވެވަޑައިގެންނެވި ދުނިޔޭގެ ލީޑަރުންނަށް އައްބާސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ފްރާންސާއި އިނގިރޭސިވިލާތާއި ކެނެޑާއިން މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަތުމަށް ދާދިފަހުން ނިންމި ނިންމުމަށް އައްބާސް ވަނީ މަރުހަބާ ވިދާޅުވެފައެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އުއްމީދުގެ މެސެޖެއް ފޮނުއްވަމުން އައްބާސް ވިދާޅުވީ، އިސްރާއީލުން ދޭ ތަކުލީފު ކިތަންމެ ދުވަހަކު ދެމިގެން ދިޔަޔަސް އޭގެ ސަބަބުން ދިރިހުރުމާއި ދިރިހުރުމުގެ އިޚުތިޔާރު މުގުރާނުލާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު