ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ޔުނިވާސިޓީއެއް ކަމަށްވާ އޮކްސްފޯޑް ޔުނިވާސިޓީން ޕީއެޗްޑީ ހާސިލު ކުރި އެންމެ ފުރަތަމަ ދިވެއްސެއްގެ ޝަރަފް ޒުވާން ގާނޫނީ ވަކީލު, އަޙްމަދު ޝައްފާން މުޙައްމަދު ހޯއްދަވައިފިއެވެ.
އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގުގެ ދަރިފުޅު، ޝައްފާން އޮކްސްފޯޑުން ޕީއެޗްޑީ ހާސިލް ކުރައްވައި ގްރެޖުއޭޓުވީ އިއްޔެއެވެ.
ރާއްޖޭގައި މިހާރު ވެސް ގާނޫނީ ދާއިރާއިން މަސައްކަތް ކުރައްވާ ޝައްފާން ޕީއެޗްޑީ ތީސީސް ހެއްދެވީ ކޮޕީ ރައިޓާ ގުޅުންހުރި ޖިނާއީ މާއްދާތަކާ ގުޅޭ ދާއިރާއިންނެވެ. އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ޝައްފާން ވިދާޅުވީ މި ތީސީސް މިހާރު އޮކްސްފޯޑް ޔުނިވާރސިޓީގެ ރީސާރޗް އާކައިވްސް އިން ފެންނާނެ ކަމަށެވެ.
ޝައްފާން ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލް ކުރެއްވީ އިނގިރޭސި ވިލާތުގެ ކިންގްސް ކޮލެޖުންނެވެ. މާސްޓާސް ހެއްދެވީ އޮކްސްފޯޑުންނެވެ.
ރާއްޖެއިން ބޭރުގައި ކިޔަވަމުންދިޔައިރުވެސް ޝައްފާން ގެންދިޔައީ ރާއްޖޭގައި އަމިއްލަ ލޯ ފާމަކާއި ގާނޫނާއި ގަވާއިދުތައް ފެންނަ ވެބްސައިޓެއް ވެސް ހިންގަމުންނެވެ.
އޮކްސްފޯޑަކީ ދުނިޔޭގެ އެންމެ ދުވަސްވީ އަދި އެންމެ ޝަރަފުވެރި އެއް ޔުނިވާސިޓީއެވެ. އެ ޔުނިވާސިޓީގެ ކިޔަވައިދިނުމުގެ ފެންވަރާއި ރިސާޗުތަކުގެ ކޮލެޓީގެ ސަބަބުން އެ ތަނުން ކިޔަވައިގެން ނުކުންނަ ގިނަ ދަރިވަރުންތަކެއް ވަނީ ދުނިޔޭގެ ފެންވަރުގެ ލީޑަރުންނަށް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު