ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ފެނިގެން ދައުލަތުގެ މީޑިއާ، ޓީވީއެމްގެ މަޝްހޫރު ޕްރެޒެންޓަރ އިނާޔަތު އަލީއާއި އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވަނީ ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި، ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ ތިން މީހުން ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މާލެއިން ކަމަށް ފުލުހުން ބުނެއެވެ.
މި ތިން މީހުން ވެސް ހައްޔަރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެދަށުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނިގޮތުގައި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބިޑިއަކާއި ރަބަރު ޕެކެޓުތަކެއް ވަނީ ފެނިފައެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1246 ގުރާމްކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ:
- މާލެ މއ. މަޒާގެ، މުޙައްމަދު އައިޝް އަޙްމަދު (31އ)
- މާލެ / މއ. މަޒާގެ، އާމިނަތު އިލްޔީން އަޙްމަދު (25އ)
- ހދ. ކުޅުދުއްފުށި / މަރިޔާޒް، އިނާޔަތު ޢަލީ.
މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އައިޝް އަޙްމަދު 10 ދުވަހަށް އަދި އާމިނަތު އިލްޔީން އަޙްމަދާއި އިނާޔަތު ޢަލީ ހަތް ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މިމައްސަލައިގައި ފުލުހުން ހައްޔަރުކުރި އިނާޔަތަކީ މިހާރު ދައުލަތުގެ މީޑިއާގައި މަސައްކަތްކުރާ އެންމެ ސީނިއާ އެއް ޕްރެޒެންޓަރެވެ. އޭނާ ވަނީ ދިވެހިރާއްޖޭގެ އަޑުގައި ވެސް ޕްރޮގްރާމްތައް އުފައްދައި ހުށައަޅައިދީފައެެވެ. ސަރުކާރުގެ އެކި ހަފްލާތައް ވެސް އިނާޔާ ހުށައަޅައިދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު