އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ނިންމުމުގެ ގޮތުން އެއްބަސްވުމެއް އެކުލަވާލެވިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕު މިހެން ވިދާޅުވެފައިވަނީ ވައިޓްހައުސްގައި ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.
މިފަދައިން ޓްރަމްޕް ވިދާޅުވެފައިވާއިރު، މި ފަހުން ޓްރަމްޕް ވަނީ އިސްރާއީލްގެ އިތުރުން، ޢަރަބި ޤައުމު ތަކުގެ އިސްވެރިންނާ އެކު ވެސް ބައްދަލުކުރައްވާފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕު ވިދާޅުވީ އޭނާ އަށް ހީވާ ގޮތުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ވާސިލުވެފައިވާ ކަމަށެވެ. އަދި މިހާރު ކަންކަން ފެންނަ ގޮތުން ޣައްޒާއާ ގުޅޭ އެއްބަސްވުމެއް ވެވޭނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
އެ އެއްބަސްވުމުގެ ދަށުން ހަމާސް ޖަމާއަތުން ރަހީނު ކޮށްފައިވާ އިސްރާއީލްގެ ރައްޔިތުން މިނިވަން ކުރުމާ އެކު، ހަނގުރާމަ ނިމުމަކަށް އަންނާނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް ވެސް އޮތް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އެއްބަަސްވުމަކަށް އާދެވިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެފައި ވީ ނަމަވެސް، އެކަމާ ގުޅޭ އިތުރު އެހެން އެއްވެސް ތަފްސީލެއް ހާމަކޮށްފައި ނުވެއެވެ. އަދި ޓްރަމްޕްގެ ވާހަކަތަކާ ގުޅިގެން ހަމާސް ޖަމާއަތުންނާއި އިސްރާއީލުންވެސް މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު