ރަސްމީ ހައިސިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށް ސާބިތުވެ، ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސަޢީދު ހަތަރު އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ފެނަކައިގެ ކުރީގެ އެމްޑީ ސަޢީދު ހަތަރު އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ބްލޭޒަން އިންކް ކިޔާ ކުންފުންޏަކުން އެއްވެސް މަސައްކަތެއް ނުކުރަނީސް ސެޓްލްމަންޓް އެއްބަސްވުމެއް ހަދައި ފައިސާ ދޫކުރި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލި ރަސްމީ ހައިސިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށް ސާބިތުވުމާއި ގުޅިގެންނެވެ.

ފެނަކައިގެ ޕްރޮކިއުމަންޓް ވެރިޔަކަށް ހުންނެވި މަރްޔަމް ދީނާ ޞާލިޙުއާއި ފެނަކަ ސައީދުގެ މައްޗަށް ޑިސެންބަރު 2024 ގައި އެ ދައުވާކޮށްފައިވަނީ 2018 ވަނަ އަހަރު ހިންގި މުއާމަލާތަކާ ގުޅިގެންނެވެ. އެ މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅައި، ސައީދު ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ކުށުން ކުށްވެރިވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ކަނޑައަޅާފައެވެ. އެހެންވެ، އެ މައްސަލައިގައި ސައީދުގެ މައްޗަށް ވަނީ ހަތަރު އަހަރު ދުވަހުގެ ޖަލު ހުކުމެއް ކޯޓުން އިއްވާފައެވެ.

މިއީ ފެނަކައިގެ މޫނުމަތި ރީތިކުރަން، ޕަބްލިކް ރިލޭޝަންސް މަސައްކަތް ކުރަން ބްލޭޒަންއަށް 1.3 މިލިއަން ރުފިޔާ ދޭ ގޮތަށް ސޮއިކުރި އެއްބަސްވުމެއް ކަން ފާހަަގަކުރެވެއެވެ.މިމައްސަަލަ ތަހުޤީޤު ކުރުމަށްފަހު އޭސީސީން ބުނީ، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމާ އޭނާ ހަވާލުވުމަށް ފަހު ބްލޭޒަންއާ އެކީ ސެޓްލްމަންޓް އެއްބަސްވުމެއްގައި ސޮއިކޮށް، ބަދަލުގެ ގޮތުގައި 848،000ރ. އެ ކުންފުންޏަށް ދީފައިވާ ކަމަށެވެ. މި އެއްބަސްވުމުގައި ސޮއިކުރީ އޭޕްރިލް 25، 2019 ގަ އެވެ.

އެމައްސަލަ އަށް ޖަވާބުދާރީވަމުން ސައީދު ކޯޓުގައި ވިދާޅުވެފައިވަނީ އެއްބަސްވުން އުވާލައިގެން ކޯޓަށް ގޮސްފި ހާލަތެއްގައި ބްލޭޒަންއަށް ބޮޑު ބަދަލެއް ދޭން ޖެހިދާނެތީ، ފެނަކައަށް ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތް ކުރުމަށް ކަމަށެވެ. ސެޓްލްމަންޓް އެއްބަސްވުމަކާއި ރިޓެއިނާ އެއްބަސްވުމެއްގައި ސޮއިކުރީ،

އަދި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ފެނަކައިގެ ވަކީލުން ގާނޫނީ ލަފާ ހޯދި ކަމަށް ވެސް ސަޢީދުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު