ގއ. މާމެންދޫގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި އަހުމަދު އުދައްޔުގެ މަރުގެ މައްސަލާގައި، ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވި ދެ މީހުން މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެ މަރަން ހުކުމްކޮށްފައިވަނީ ގއ. މާމެންދޫ ރިހިފަރުދާގޭ އަހުމަދު ޝަމީމާއި އެރަށު ގުލްފާމްގޭ މުހައްމަދު މާޒިންގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވިދާޅުވީ އުދައްޔުގެ ވާރިސުން ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށްވާތީ ޝަމީމާއި މާޒިން މެރުމަށް ހުކުމް ކުރާ ކަމަށެވެ.
އެމައްސަލާގައި ދެން ދައުވާލިބުނު އެރަށު ބިލަތްމާގޭ ޝަރަފް ރަޝީދުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާކުރި ނަމަވެސް އެ ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން މީގެ ކުރިން ވަނީ ހުކުމްކޮށްފައެވެ. ނަމަވެސް ތޫނު އެއްޗެއް ބޭނުންކޮށްގެން އެހެން މީހަކާ މެދު މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށް ޝަރަފްގެ މައްޗަށް ސާބިތުވާކަން ކޯޓުން ވަނީ ކަނޑައަޅާފައެވެ. އަދި މާޒިންގެ މައްޗަށް ވެސް އެ ކުށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.
އަދި މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގައި މާޒިން 10 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މީގެ އިތުރުން މާރާމާރީ ހިންގުމުގެ ކުށް ސާބިތުވި ޝަރަފްގެ މައްޗަށް ހަތް އަހަރުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ.
އުދައްޔުގެ މަރާ ގުޅިގެން 17 އަހަރުގެ ކުއްޖެއްގެ މައްޗަށް ވެސް ޖުވެނައިލް ކޯޓުގައި މީގެ ކުރިން ކުށް ސާބިތުވެފައިވާއިރު އެ ކުއްޖާ 25 އަހަރަށް ޖަލަށްލާން އެކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ފެބްރުއަރީ، 2021 ގައި މާމެންދޫގައި ހިންގި މާރާމާރީގައި އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔު މަރާލީ ގުރޫޕަކުން ގޮސް ތޫނު އެއްޗަކުން ހަމަލާދީގެންނެވެ.

ކިޔުންތެރިންގެ ހިޔާލު