ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ވޭޕް ރާއްޖެއަށް އެތެރެކުރިކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކޯޓު އަމުރެއްގެ ދަށުން ތިން ތަނެއް ފާސްކޮށް، ރާއްޖެ އެތެރެކުރުން މަނާ ގިނަ އަދަދެއްގެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ އިތުރުން، އެ ތަކެތި ވިއްކުމަށްޓަކައި ސޯޝަލް މީޑިއާގައި ބޭނުންކުރާ ޗެނަލްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ބުންޏެވެ. އެމައްސަަލައިގައި ބަލައި ފާސްކުރި ތަންތަނުން މަސްތުވާތަކެއްޗާއި ވޭޕް އަދި ރާއްޖެ އެތެރެކުރުން މަނާ ގިނަ އަދަދެއްގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެެވެ.



ކިޔުންތެރިންގެ ހިޔާލު