ކިތަންމެ ޙަރާމް ހުކުމެއް ޖެހި ނަމަވެސް އަންނަ އޮކްޓޯބަރު 3 ވަނަ ދުވަހު ރައްޔިތުން ސަރުކާރާއި ދެކޮޅަށް ނިކުމެ މާލޭގެ މަގުތައް ފުރާލާނެ ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒު އިސްމާޢިލް ވިދާޅުވެއްޖެއެެވެ.
ފައްޔާޒު މިހެން ވިދާޅުވީ ކުރީގެ ރައީސް ސާލިޙްގެ ސަރުކާރުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަޙްމަދު ސަޢީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ އޭނާ ހަތަރު އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކޮށްފައިވަނިކޮށެވެ. ފެނަކައިގެ ކުރީގެ އެމްޑީ ސަޢީދު ހަތަރު އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ބްލޭޒަން އިންކް ކިޔާ ކުންފުންޏަކުން އެއްވެސް މަސައްކަތެއް ނުކުރަނީސް ސެޓްލްމަންޓް އެއްބަސްވުމެއް ހަދައި ފައިސާ ދޫކުރި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލި ރަސްމީ ހައިސިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށް ސާބިތުވުމާއި ގުޅިގެންނެވެ.
"ދައުލަތް ލޫޓުވާލައިފި" ގެ ނަމުގައި އަންނަ އޮކްޓޯބަރު މަހު 3 ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް އިދިކޮޅު އެމްޑީޕީން އަންނަނީ ތައްޔާރުވަމުންނެވެެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީޕީގެ ޗެއާރޕަރސަންގެ ފައްޔާޒު އިސްމާޢިލް ވިދާޅުވީ މުދާވެރިކަން ލިބޭތޯ ސުދާރާ ގުދުވެގެން އޮވެ އޮޑިޓަރ ޖެނެރަލް ނިޔާޒީ ލައްވައި ކިތަންމެ ރިޕޯޓެއް ނެރުނަސް، އަދި ކިތަންމެ ހަރާމް ހުކުމެއް ޖެހިޔަސް، އޮކްޓޯބަރު 3 ގައި މާލޭގެ މަގުތައް ރައްޔިތުން ފުރާލާނެ ކަމަށެވެ.
އަދި ސިޔާސީ ރިޕޯޓްތަކާއި ހަރާމް ހުކުމް ޖެހިއަސް މި ސަރުކާރު ފަސާދަ ނުވާ ކަމަކަށް ވެސް ނުވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"ޓިނު ޖަހައި ބަންދުކުރިޔަސް ޖުމްހޫރީ މައިދާނަކީ ހުރިހާ ދިވެހިންނަށް ވެސް ހުޅުވާލެވިފައި އޮތް ތަނެއް." ކުރީގެ އިކޮންމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒު ވިދާޅުވިއެވެ.
ރައީސް ސާލިޙްގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަން އޮޑިޓް ރިޕޯޓުން ވައްކަމާއި ޚިޔާނަތުގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިކޮށްފައެވެ. އެހެން ނަމަވެސް އެމްޑީޕީން ބުނަނީ އެއީ މި ސަރުކާރުން ދައުލަތް ލޫޓުވަމުންދާ ވާހަކަ އޮއްބާލުމަށް، ސިޔާސީ ބޭނުމެއްގައި އޮޑިޓަރ ޖެނެެރަލް ސަރުކާރުން ބިރު ދައްކައިގެން ނެރުނު ރިޕޯޓެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު